ފައްސޭހަ މޮޅަކާއެކު ޗެމްޕިއަން ސިޓީ އެއްވަނައަށް

ކުޅިވަރު ފަހުގެ

ސައުތުހެމްޓަން އަތުން ފައްސޭހަ މޮޅަކާއެކު، ޗެމްޕިއަން މެންޗެސްޓަރ ސިޓީ އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.

ސިޓީ އެއްވަނައަށް ޖެހިލީ 4-0ން ސައުތުހެމްޓަން ބަލިކޮށް، ނުވަ މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އާސެނަލް އޮތީ އަށް މެޗުން 21 ޕޮއިންޓާއެކުއެވެ. އާސެނަލްއަށް ކުރިއަށް އޮތީ ލިވަޕޫލާ ވާދަކުރާ މެޗެވެ. މެޗުގައި ސިޓީގެ ފުރަތަމަ ލަނޑު ފޮޑެން ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހީ ކާންސޭލޯއެވެ. ފަހު ލަނޑު ޖަހަން ފުރުސަތު ފަހިކޮށްދިނީވެސް ކަންސޭލޯއެވެ. ދެވަނަ ލަނޑު ޖެހީ ފިލް ފޮޑެންއެވެ. ދެވަނަ ހާފް ފަށައިގެން ހަތަރު ވަނަ މިނިޓްގައި ތިންވަނަ ލަނޑު ޖެހީ ރިޔާދު މާރޭޒްއެވެ. 65 ވަނަ މިނިޓްގައި ލަނޑު ޖަހައި، ހާލާންޑް ވަނީ ލީގުގައި ނުވަ މެޗުން 15 ގޯލް ހަމަކޮށްފައެވެ. ލީގުގައި ފުރަތަމަ ނުވަ މެޗުން ސިޓީ ވަނީ 33 ގޯލް ޖަހާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މުޅި މެޗުގައިވެސް ސައުތުހެމްޓަންއަށް ސިޓީގެ ގޯލަށް ފޮނުވާލެވުނީ ދެ ބޯޅައެވެ. އެދެބޯޅަވެސް ގޯލަށް އަމާޒެއް ނުވެއެވެ. ސިޓީގެ އޭރިޔާ ތެރެއިން ސައުތުހެމްޓަން ކުޅުންތެރިންނަށް ލިބުނީ އެންމެ ބޯޅައެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ