ރޮނަލްޑޯގެ ރެކޯޑް ގޯލުން އެވަޓަން އަތުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެއްޖެ

ކުޅިވަރު ފަހުގެ

​ކްރިސްޓިއާނޯ ރޮނަލްޑޯގެ ރެކޯޑް ގޯލުން އެވަޓަން އަތުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެއްޖެއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަޓަންގެ ދަނޑުގައި އެވަޓަން އަތުން 2-1 ން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވީ ފަހަތުން އަރައެވެ. މެޗުގެ ފަސްވަނަ މިނެޓުގައި އެވަޓަންއަށް ކުރި ހޯދައިދިނީ އިވޯބީއެވެ. މެންޗެސްޓަރ ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރީ 15 ވަނަ މިނެޓުގައި އެންޓޮނީ ޖެހި ލަނޑުންނެވެ. ލަނޑު ޖެހުމުގައި އިހު ހުރި ތޫނުފިލިކަން ނުދެއްކޭތީ ފާޑުކިއުންތައް ވެސް އަމާޒުވެފައިވާ ރޮނަލްޑޯ ލަނޑު ޖަހާ ޔުނައިޓެޑަށް ތިން ޕޮއިންޓު ހޯދައިދިނީ ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށެވެ. ރޮނަލްޑޯ ލަނޑު ޖަހަން ފުރުޞަތު ފަހިކޮށްދިނީ އެކުގައި ރެއާލް މެޑްރިޑަށް ކުޅުނު ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯއެވެ. މިއީ ރޮނަލްޑޯގެ ކެރިއަރުގައި ޖެހި 700 ވަނަ ކްލަބް ގޯލެވެ. މެޗުން ރޮނަލްޑޯއަށް ފުރުޞަތު ދިނީ އެންތަނީ މާޝިއަލްއަށް އަނިޔާވުމުން 29 ވަނަ މިނެޓުގައެވެ. މިއީ އެންތަނީ މާޝިއަލްް އަނިޔާއަށްފަހު އެނބުރި އައިސް ކުޅުނު ތިންވަނަ މެޗެވެ. ފަހު 10 މިނެޓުގެ ތެރޭގައި ރަޝްފޯޑް ގޯލެއް ޖަހާ ފަރަޤު ބޮޑުކޮށްދިން ނަމަވެސް، ގޯލް ޖެހުމުގެ ކުރިން އޭނާ އަތުގައި ބޯޅަ ޖެހުނުކަމަށް ވީއޭއާރުން ދެއްކުމުން ގޯލް ބަލައި ނުގަތެވެ.

އިޝްތިހާރު
އިޝްތިހާރު

މިމޮޅާއެކު މެންޗެސްޓަރ ޔުނައިޓެޑް އޮތީ 15 ޕޮއިންޓާއެކު ފަސް ވަނައިގައެވެ. އެވަޓަަން އޮތީ 10 ޕޮއިންޓާއެކު ބާރަ ވަނައިގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ