އާސެނަލުން ލިވަޕޫލްވެސް ބަލިކޮށްފި، އަލުން ތާވަލްގެ އެއްވަނަ އަށް

ކުޅިވަރު ފަހުގެ

ލިވަޕޫލްވެސް ބަލިކޮށް، އާސެނަލް އަލުން އިނގިރޭސި ޕްރިމިއަރ ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފިއެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ލިވަޕޫލްގެ މައްޗަށް އާސެނަލްއިން ކުރި ހޯދީ 3-2 ނެވެ. މެޗު ފަށައިގެން 58 ވަނަ ސިކުންތުގައި މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުޞަތަކުން އާސެނަލްއަށް ކުރި ހޯދައިދިނީ ގަބްރިއަލް މާޓިނެލީއެވެ. އެކަމަކު 34 ވަނަ މިނެޓުގައި ޑާވިންގ ނޫނޭޒް ލަނޑު ޖަހާ ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ދެވަނަ ލަނޑު ޖަހާ ދެވަނަ ފަހަރަށް އާސެނަލްއަށް ކުރި ހޯދައިދިނީ ސަކާއެވެ. އެއީ ގަބްރިއަލް މާޓިނެލީ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ދެވަނަ ހާފް ފަށައިގެން އަށްވަނަ މިނެޓުގައި ފިރްމީނިއޯ ލަނޑު ޖަހާ ލިވަޕޫލަށް ދެވަނަ ފަހަރަށް ކުރި ހޯދާދީފައިވަނިކޮށް، އާސެނަލްގެ ތިންވަނަ ލަނޑު ޕެނަލްޓީއަކުން ކާމިޔާބުކުރީ ސަކާއެވެ. މިއީ ޖެސޫސްއަށް ލިވަޕޫލްގެ ތިއާގޯ އަލްކަންޓާރާ ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

އިޝްތިހާރު
އިޝްތިހާރު

މިމޮޅާއެކު އާސެނަލް އަލުން އެއްވަނައަށް ޖެހިލީ ނުވަ މެޗުން 24 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި ސިޓީ އޮތީ 23 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ