މިލައުތުރު ސްޕޯޓްސް ފިއެސްޓާ ގްރޫޕް ސީ: ފުނަދޫ އަދި ޅައިމަގު ފެށުން ރަނގަޅު ކޮށްފި

ކުޅިވަރު ފަހުގެ

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ގްރޫޕް ސީގެ ފެށުން ފުނަދޫ އަދި ޅައިމަގު ރަނގަޅު ކޮށްފިއެވެ.

ގްރޫޕް ސީގެ މެޗުތައް ޅައިމަގުގައި ކުޅެމުން އަންނައިރު، އިއްޔެ ވަނީ މި ގްރޫޕުގެ ދެ މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ފުނަދޫން ވަނީ 3-2 ގެ ނަތީޖާއިން ކޮމަންޑޫގެ މައްޗަށް ކުރި ހޯދާފައެވެ. ދެވަނަ މެޗުގައި ޅައިމަގުން ވަނީ 3-0 ގެ ނަތީޖާއުން މާއުނގޫދޫ ބަލިކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދު ހަވީރު ގްރޫޕް ސީގެ ފުރަތަމަ މެޗުގައި ޅައިމަގާއި ކޮމަންޑޫ ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ފުނަދޫއާއި މާއުނގޫދޫއެވެ.

މި މުބާރާތުގައި ށ. އަތޮޅުގެ 14 ރަށަކުން 14 ޓީމް ބައިވެރިވެފައި ވާއިރު މުބާރާތް ކުރިއަށް ގެންދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގެ މެޗުތައް ނަރުދޫގައި ކުޅޭއިރު، މި ގްރޫޕުގައި ހިމެނެނީ ފޯކައިދޫ، މަރޮށި، ފީވަށް، މިލަންދޫ އަދި ނަރުދޫއެވެ. ގްރޫޕް ބީގެ މެޗުތައް ފޭދޫގައި ކުޅޭއިރު، މި ގްރޫޕުގައި ހިމެނެނީ ގޮއިދޫ، ނޫމަރާ، ބިލެއްފަހި، ކަނޑިތީމް އަދި ފޭދޫއެވެ. ގްރޫޕް ސީގެ މެޗުތައް ޅައިމަގުގައި ކުޅޭއިރު، މި ގްރޫޕުގައި ހިމެނެނީ މާއުނގޫދޫ، ކޮމަންޑޫ، ޅައިމަގު އަދި ފުނަދޫއެވެ.

ގްރޫޕް އޭ އަދި ގްރޫޕް ބީގެ މެޗުތަކަށް ކަޅިއެއް

ގްރޫޕް އޭ: ފޯކައިދޫއާއި ނަރުދޫ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ނަރުދޫއެވެ. ދެވަނަ މެޗުގައި މަރޮށީ ފުޓްސަލް ޓީމުން ވަނީ 3-0 ގެ ނަތީޖާއިން ފީވަކުގެ މައްޗަށް ކުރި ހޯދާފައެވެ.

ގްރޫޕް ބީ: ފުރަތަމަ މެޗުގައި ގޮއިދޫއިން ވަނީ 4-2 ގެ ނަތީޖާއަކުން ބިލެއްފަހީގެ މައްޗަށް ކުރި ހޯދާފައެވެ. ދެވަނަ މެޗުގައި ކަނޑިތީމުން ވަނީ 3-2 ގެ ނަތީޖާއަކުން ފޭދޫގެ މައްޗަށް ކުރި ހޯދާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ