މިލައުތުރު ސްޕޯޓްސް ފިއެސްޓާ ގްރޫޕް ސީ: ހަނިގޮތަކަށް ކޮމަންޑޫ މޮޅުވިއިރު މާއުނގޫދޫ އަތުން ފުނަދޫ ފަސޭހަ ކަމާއެކު މޮޅުވެއްޖެ

ކުޅިވަރު ފަހުގެ

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ގްރޫޕް ސީ ގެ މިއަދުގެ މެޗުތަކުން ހަނިގޮތަކަށް ކޮމަންޑޫ މޮޅުވިއިރު މާއުނގޫދޫ އަތުން ފުނަދޫ ފަސޭހަ ކަމާއެކު މޮޅުވެއްޖެއެވެ.

ފުރަތަމަ މެޗުގައި ޅައިމަގު އަތުން ކޮންމަންޑޫ މޮޅުވެފައިވަނީ 2-1 ލަނޑުންނެވެ. ދެވަނަ މެޗުގައި ފުނަދޫ ވަނީ މާއުނގޫދޫ ކޮޅަށް 8 ލަނޑު ޖަހާ ފަސޭހަ ކަމާއެކު މެޗު ކާމިޔާބު ކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ގްރޫޕް ސީ ގެ އެއްވަނައިގައި 6 ޕޮއިންޓާއެކު އޮތީ ފުނަދޫއެވެ. ޅައިމަގު އަދި ކޮންމަންޑޫއަށް 3 ޕޮއިންޓް ލިބިފައިވާއިރު ފައިދާ ގޯލުން ކުރި ލިބި 2 ވަނައިގައި އޮތީ ޅައިމަގެވެ.

މާދަމާ ހަވީރު ގްރޫޕް ސީގެ ފުރަތަމަ މެޗުގައި މާއުނގޫދޫއާއި ކޮމަންޑޫ ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ފުނަދޫއާއި ޅައިމަގުއެވެ.

ގްރޫޕް އޭ އަދި ގްރޫޕް ބީގެ މެޗުތަކަށް ކަޅިއެއް

ގްރޫޕް އޭ:ފީވަށް ނަރުދޫ ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ނަރަދޫއެވެ. ފޯކައިދޫ މިލަންދޫ އާއި ބައްދަލުކުރި މެޗު 0-2 ކާމިޔާބު ކުރީ މިލަންދޫ އެވެ.

ގްރޫޕް ބީ: ބިލެއްފައްސާއި ކަނޑިތީމު ބައްދަލުކުރި މެޗު 6-3 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައވަނީ ކަނޑިތީމުއެވެ. ގޮއިދޫއާއި ނޫމަރާ ކުޅުނު މެޗު ކާމިޔާބުކުރީ 2-1 ގޮއިދޫއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ