ހަނިމާދޫ ކައުންސިލުން ފުރުސަތު ނުދޭން ނިންމާ ފަހުން ފުރުސަތުދިން ހަނިމާދޫ ފިރިހެން ވޮލީ ޓީމް ފެށުން ރަނގަޅު ކޮށްފިއެވެ.
ހދ.އަދޮޅު ވޮޅީ މުބާރާތުގައި ވައިކަރަދޫ ބައްދަލުކޮށް ސީދާ 3 ސެޓުން ޓީމް ހަނިމާދޫ ފިރިހެން ޓީމް ވަނީ ކާމިޔާބު ކޮށްފައެވެ.
ފުތަތަމަ ދެ ސެޓް 25-15 ހަނިމާދޫ ޓީމް ކާމިޔާބު ކުރިއިރު 3 ވަނަ ސެޓު ކާމިޔާބުކުރީ 25-19 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީމް ހަނިމާދޫ ޖޯޒީ ނަންބަރު 16 ސޯދިގު މޫސާ އެވެ.
ފިރިހެން ޑިވިޝަން ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭއިރު ގްރޫޕް އޭގައި ހިމެނެނީ ނޮޅިވަރަންފަރު އެސްސީއާއި ޓީމް ފިނޭ އަދި ޓީމް ހަނިމާދޫގެ އިތުރުން ވައިކަރަދޫ ވޮލީ ޓީމެވެ. ގްރޫޕް ބީގައި ނޮޅިވަރަމް ސީއެސްއާރާއި އެއްކޮށް ވާދަކުރާނީ ޓީމް ނައިވާދޫ އަދި ޓީމް ހިރިމަރަދޫ އެވެ.