މިލައުތުރު ސްޕޯޓްސް ފިއެސްޓާ ގްރޫޕް ސީ: އެއްވަނަ ފުނަދޫއަށް ދެވަނަ ކޮމަންޑޫއަށް

ކުޅިވަރު ފަހުގެ

މިލައުތުރު ސްޕޯޓްސް ފިއެސްޓާ ގްރޫޕް ސީ ގެ އެއްވަނަ ފުނަދޫ ހޯދިއިރު ދެވަނައަށް ކޮމަންޑޫ ހޮވިއްޖެއެވެ.

ގްރޫޕް ސީގެ މެޗުތައް އިއްޔެ ކުޅެ ނިމިފައިވާއިރު ގްރޫޕްގެ އެއްވަނައިގައި ފުނަދޫ އޮތީ ކުޅުނު ތިން މެޗުން ލިބުނު 9 ޕޮއިންޓާއި އެކުގައެވެ. 6 ޕޮއިންޓާއެކު ދެވަނަ ހޯދާފައި ވަނީ ކޮމަންޑޫއެވެ. ތިންވަނައިގައި 3 ޕޮއިންޓާއިއެކު ޅައިމަގު އޮތްއިރު ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ މާއުނގޫދޫއެވެ.

އިޝްތިހާރު
އިޝްތިހާރު

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ފުޓްސަލް މުބާރާތުގައި އިއްޔެ ގްރޫޕް ސީގައި ފުނަދޫ ބައްދަލު ކޮށްފައި ވަނީ ޅައިމަގާއެވެ. މި މެޗު 5-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ފުނަދޫންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފުނަދޫ ޓީމްގެ ޖޯޒީ ނަމްބަރު 8، އިބްރާހީމް އައިޝަމްއެވެ.

ދެވަނަ މެޗުގައި މާއުނގޫދޫއާއި ކޮމަންޑޫ ބައްދަލުކޮށް 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ކޮމަންޑޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކޮމަންޑޫގެ ޖޯޒީ ނަމްބަރު 32، ވިލްދާން އަހްމަދެވެ.

ގްރޫޕް އޭ އަދި ގްރޫޕް ބީގެ މެޗުތަކަށް ކަޅިއެއް

ގްރޫޕް އޭ: މިލަންދޫއާއި މަރޮށި ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ މިލަންދޫއެވެ.

ގްރޫޕް ބީ: ފޯކައިދޫއާއި ފީވަށް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ފޯކައިދޫއެވެ.

މި މުބާރާތުގައި މިއަދު ވެސް ހަތަރު މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ގްރޫޕް އޭގެ 2 މެޗު އަދި ގްރޫޕް ބީގެ 2 މެޗެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ