އޭސީ މިލާން ބަލިކޮށް ޗެލްސީ ގްރޫޕްގެ އެއް ވަނަ އަށް

ކުޅިވަރު ފަހުގެ

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް އީގެ ދެ ވަނަ ލެގުގައި އޭސީ މިލާން ބަލިކޮށް، ޗެލްސީން ގްރޫޕް އެއް ވަނަ އަށް ޖެހިލައިފިއެވެ.

ދެ ވަނަ ލެގުގައި އޭސީ މިލާންގެ ދަނޑުގައި ކުޅުނު މެޗު ޗެލްސީން ކާމިޔާބުކުރީ 2-0 އިންނެވެ. ފުރަތަމަ ލެގުގައި ޗެލްސީން ވަނީ 0-3 އިން އޭސީ މިލާން ބަލިކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗުގައި އޭސީ މިލާނަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ 18 ވަނަ މިނެޓުގައި އެ ޓީމުގެ ފިކަޔޯ ޓޮމޮރީ އަށް ސީދާ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމެވެ. މެޗުގެ ބާކީ ބައި އެ ޓީމުން ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއެކުއެވެ. ޗެލްސީން މެޗުގައި ލީޑު ނެގީ 21 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީގައި އެ ޓީމަށް ލީޑު ނަގައިދިނީ ޖޯޖިނޯއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީން ވަނީ ލީޑު ފުޅާކޮށްފައެވެ. އެއީ 34 ވަނަ މިނެޓުގައި ޕިއޭ އެމެރިކް އޮބާމަޔަން ޖެހި ލަނޑުންނެވެ.

މެޗުން މޮޅުވެ ޗެލްސީ ގްރޫޕްގެ އެއް ވަނައިގައި އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެ ދެ ވަނައިގައި އޮތް ސަލްސްބާގަށް ލިބެނީ ހަ ޕޮއިންޓެވެ. މެޗުން ބަލިވި އޭސީ މިލާން އޮތީ ހަތަރު ޕޮއިންޓާއެކު ތިން ވަނައިގައެވެ. ފުލުގައި އޮތް ޑައިނަމޯ ޒަގްރެބަށް ވެސް ލިބެނީ ހަތަރު ޕޮއިންޓެވެ.​

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ