ބީއެމްއެލުން އެމެކްސް ކާޑުތަކުގެ ސެކިއުރިޓީ ކޯޑުތަކަށް ބަދަލު ގެނެސްފި

ޚަބަރު ފަހުގެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންނަށް ދޫކުރާ އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑުގެ ސެކިއުރިޓީ ކޯޑުތަކަށް ބަދަލު ގެނެސްފިއެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުގެ ޕޭމަންޓް ގޭޓްވޭއަށް ދާދިފަހުން ގެނައި ބަދަލާއެކު އޮންލައިން ވިޔަފާރިތަކުގައި އެމެކްސް ކާޑު ބޭނުންކުރާ ނަމަ ސެކިއުރިޓީ ކޯޑުގެ ގޮތުގައި ބޭނުންކުރާ ކާޑު ވެރިފިކޭޝަން ވެލިއު (ސީވީވީ) ކޯޑަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން އޮންލައިން ވިޔަފާރިތަކުގައި އެމެކްސް ކާޑު ބޭނުންކުރާއިރު މިހާރު ބޭނުން ކުރަންޖެހޭނީ ކާޑުގެ ކުރިމަތީގައި ޖަހާފައި އިންނަ ހަތަރު އަދަދުގެ ކޯޑު ކަމަށް ބޭންކުން ބުންޏެވެ.

އެމެކްސް ކާޑުތަކުގެ ސީވީވީ ގޮތުގައި މިހާތަނަށް ބޭނުންކުރަމުން އައީ ކާޑުގެ ފަހަތުގައި އިންނަ ތިން އަދަދުގެ ކޯޑެކެވެ. ނަމަވެސް މި ބަދަލާއެކު އެ ކޯޑު ޖަހައިގެން ވިޔަފާރިއެއް ނުކުރެވޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ