ހަނިމާދޫ ފިރިހެން ވޮލީޓީމް ނޮޅިވަރަންފަރު އެސްސީ އަތްދަށުވެއްޖެއެވެ.
ރޭ ކުޅުނު ހދ އަދޮޅު ވޮޅީ މުބާރާތު މެޗުގައި ނޮޅިވަރަންފަރު އެސްސީ ހަނިމާދޫ ފިރިހެން ވޮލީ ޓީމް ބަލިކުރީ ސީދާ 3 ސެޓުންނެވެ.
ފުރަތަމަ ސެޓު 25-14 ކަމިޔާބުކުރިއިރު ދެވަނަ ސެޓް ކާމިޔާބުކުރީ 25-20 ނެވެ. ތިން ވަނަ ސެޓު ނޮޅިވަރަންފަރު އެސްސީ ކާމިޔާބުކުރީ 25-19 އިންނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނޮޅިވަރަންފަރު އެސްސީ ޖޯޒީ ނަންބަރު 12 އަލީ ހުޒާމްއެވެ.
މި މުބާރަތުގައި ހަނިމާދޫ ފިރިހެން ޓީމް ދެން މެޗެއް ކުޅޭނީ 17 ވަނަ ދުވަހުގެ ރޭ ފިނޭއާ ދެކޮޅަށެވެ.
ފިރިހެން ޑިވިޝަން ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭއިރު ގްރޫޕް އޭގައި ހިމެނެނީ ނޮޅިވަރަންފަރު އެސްސީއާއި ޓީމް ފިނޭ އަދި ޓީމް ހަނިމާދޫގެ އިތުރުން ވައިކަރަދޫ ވޮލީ ޓީމެވެ. ގްރޫޕް ބީގައި ނޮޅިވަރަމް ސީއެސްއާރާއި އެއްކޮށް ވާދަކުރާނީ ޓީމް ނައިވާދޫ އަދި ޓީމް ހިރިމަރަދޫ އެވެ.