ސިޓީގެ ބަލިނުވުމުގެ ސިލްސިލާއަށް ނިމުން ގެނެސް ލިވަޕޫލަށް ހަމަޖެހުމެއް

ކުޅިވަރު ފަހުގެ

ޗެމްޕިއަން މެންޗެސްޓަރ ސިޓީން މިސީޒަންގައި ދަމަހައްޓަމުން އައި ބަލިނުވުމުގެ ސިލްސިލާއަށް ނިމުން ގެނެސް ލިވަޕޫލުން ބޮޑު ހަމަޖެހުމެއް ހޯދައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުގައި ސިޓީގެ މައްޗަށް ކުރި ހޯދީ މިޞްރު ފޯވާޑް މުޙައްމަދު ސަލާހުއެވެ. 76 ވަނަ މިނެޓުގައި ސަލާހު ލަނޑު ޖެހީ ކީޕަރު އެލިސަން ބެކާ ކުރިއަށް ދިން ބޯޅައަކުންނެވެ. އޭގެފަހުން ވަން އޮން ވަން ސިޓުއޭޝަނުގައި ސަލާހު ފޮނުވާލި ބޯޅައެެއް ސިޓީގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. މެޗުގައި ލިވަޕޫލުން ލަނޑު ޖެހުމުގެ ކުރިން ދެވަނަ ހާފްގެ ކުރީކޮޅު ސިޓީގެ ފޮޑެން ގޯލެއް ޖެހިއެވެ. އެކަމަކު ވީއޭއާރުން ބެލުމަށްފަހު އެގޯލް ބަލައިނުގަތީ ހާލާންޑް ފަބީނިއޯއަށް ފައުލްކޮށްފައި އޮތުމުންނެވެ. މެޗުގައި ހާލާންޑް ފޮނުވާލި ދެ ބޯޅަ އެއް ލިވަޕޫލް ކީޕަރު ބެކާ މަތަކުރިއެވެ. މެޗު ނިމެން ހަތަރު މިނެޓަށް ވެފއިވަނިކޮށް ލިވަޕޫލްގެ ކީޕަރު ކްލޮޕަށް ރަތްކާޑް ދެއްކުމަށްފަހު ވަނީ ބެންޗުން ފޮނުވާލާފައެވެ. އެއީ ސަލާހުއަށް ފައުލްކުރި ކަމަށް ބުނެ، ހުއްޓުމެއް ނެތި ރެފްރީއަށް ނުރުހުން ފާޅުކުރަމުން ދިއުމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މިނަތީޖާގެ ސަބަބުން އެއް ވަނައިގައި އޮތް އާސެނަލްއާއި ސިޓީގެ ފަރަޤު ހަތަރު ޕޮއިންޓަށް ފުޅާވީއެވެ. އަދި ތިން ވަނައިގައި ޓޮޓެންހަމްއާ ޕޮއިންޓުގެ ގޮތުން ހަމަހަމަވީއެވެ. މޮޅާއެކު ވެސް ލިވަޕޫލް އޮތީ ތާވަލްގެ އަށް ވަނައިގައެވެ. މިއީ ލީގުގައި ކުޅުނު ފުރަތަމަ ދިހަ މެޗުން ސިޓީ ބަލިވި ފުރަތަމަ މެޗެވެ.​

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ