ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑް އެއްވަނައަށް

ކުޅިވަރު ފަހުގެ

ސްޕެނިޝް ލީގުގައި ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

އާދީއްތަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ރެއާލްއިން ކާމިޔާބުކުރީ 3-1ންނެވެ. ރެއާލްއިން ވަނީ މެޗުގެ 12 ވަނަ މިނެޓުގައި ލަނޑުޖަހާ ލީޑު ނަގާފައެވެ. ބާސާގެ ކީޕަރު ޓާ ސްޓޭގަންގެ ގައިގައި ޖެހިފައި ނުކުތް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރެއާލްއަށް ލީޑު ނަގައިދިނީ ކެޕްޓަން ކަރިމް ބެންޒެމާއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން 35 ވަނަ މިނެޓުގައި ރެއާލްއަށް ލީޑު ފުޅާކޮށްދިނީ ފެޑެރިކޯ ވަލްވާޑޭއެވެ. މިއީ އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

އިޝްތިހާރު
އިޝްތިހާރު

ފުރަތަމަ ހާފުގައި ބާސެލޯނާގެ ރޮބާޓް ލެވަންޑޯސްކީއަށް ލަނޑު ޖެހުމަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނެވެ. ގޯލު ކުރިމަތިން ހުރަސްވި ބޯޅަ ލެވަންޑޯސްކީ ފޮނުވާލި ނަމަވެސް ދިޔައީ ރެއާލްގެ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ބާސެލޯނާއިން ވަނީ ދެވަނަ ހާފުގައި ލަނޑެއް ޖަހާ ފަރަގު ކުޑަ ކޮށްފައެވެ. މެޗުގެ 83 ވަނަ މިނެޓުގައި ފެރަން ޓޮރޭސްއެވެ. މެޗުގައި ލަނޑު ޖެހުމަށް ބާސެލޯނާގެ އަންސޫ ފަޓީއަށް ލިބުނު ދެފުރުސަތުވެސް ބޭކާރުވީއެވެ.

ރެއާލްގެ ފަހު ލަނޑަކީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ރޮޑްރިގޯ ޖެހި ލަނޑެކެވެ.

މި މެޗުން މޮޅުވެގެން ނުވަތަ އެއްވަރުކޮށްގެންވެސް ބާސެލޯނާއަށް ތާވަލުގެ އެއްވަނާގައި ފަރުޖައްސާލެވުނީހެވެ. މެޗުން މޮޅުވެ ރެއާލް އެއްވަނައިގައި އޮތީ 25 ޕޮއިންޓާއެކުއެވެ. ދެވަނައިގައި 22 ޕޮއިންޓާއެކު ބާސެލޯނާ އޮތްއިރު، ތިންވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބެނީ 19 ޕޮއިންޓެވެ.​

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ