ބޮޑު ތަފާތަކުން ފްރެއިބާގް ބަލިކޮށް ބަޔާން ތާވަލްގެ ދެ ވަނަ އަށް

ކުޅިވަރު ފަހުގެ

ޖަރުމަނު ލީގުގައި ފްރެއިބާގް ބަލިކޮށް ޗެމްޕިއަން ބަޔާން މިއުނިކުން ދެ ވަނަ މަގާމަށް ޖެހިލައިފިއެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗަށް ނުކުތްއިރު ދެ ވަނައިގައި އޮތީ ފްރެއިބާގްއެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ ސާޖް ގްނަބްރީއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާންގެ ދެ ވަނަ ލަނޑު މޮޓިން ޖެހީ ލެރޯއީ ސާނޭ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ބަޔާންގެ ފަހު ތިން ލަނޑު ފެނުނީ މެޗުގެ ދެ ވަނަ ހާފުގައެވެ. ދެ ވަނަ ހާފު ފަށައިގެން މެޗުގެ 52 ވަނަ މިނެޓުގައި މޮޓިންގެ އެހީތެރިކަމާއެކު ސާނޭ ވަނީ ބަޔާންގެ ތިން ވަނަ ލަނޑު ޖަހާފައެވެ. އޭގެ ތިން މިނެޓު ފަހުން ސަޑިއޯ މާނޭ ވަނީ ލަނޑެއް ޖަހައި ބަޔާންގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. ބަޔާންގެ ފަހު ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ޖެހީ ސަބިޓްޒާއެވެ.

މެޗުން މޮޅުވެ ބަޔާން ދެ ވަނައިގައި އޮތީ 10 މެޗުން 19 ޕޮއިންޓު ހޯދައިގެންނެވެ. އެއް ވަނައިގައި އޮތް ޔޫނިއަން ބާލިންއާ ބަޔާނާ ދެމެދު ހަތަރު ޕޮއިންޓުގެ ފަރަގު އެބަ ހުއްޓެވެ. މެޗުން ބަލިވެ ފްރެއިބާގް ވަނީ ތިން ވަނަ އަށް ވެއްޓިފައެވެ. އެއީ 10 މެޗުން 18 ޕޮއިންޓާއެކުއެވެ.​

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ