ހަނިމާދޫ ކައުންސިލުން ނޯތު ލީގަށް ކުރި ހަރަދު 201،514.28 ރުފިޔާއަށް އަރާ

ހަނިމާދޫ ޚަބަރު ކުޅިވަރު ފަހުގެ

ނިއު ދިވެހި ޕްރިމިއާ ލީގު 2023-2024 ކޮލިފިކޭޝަން ނޯތު ލީގު ހަނިމަދޫގައި ހޯސްޓުކުރުމަށް ހަނިމާދޫ ކައުންސިލުން 201،514.28 (ދެލައްކަ އެއްހާސް ފަސްސަތޭކަ ސާދަ ރުފިޔާ އަށާވީސް ލާރި) ހަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން މި ނޫހުގެ ނޫސްވެރިން ކުރި މަސައްކަތުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މިހަރަދުތަކުގެ ތެރޭގައި ޓީމް ހަނިމާދޫއަށް 75،274.28 (ހަތްދިހަ ފަސްހާސް ދުވިއްސައްތަ ހަތްދިހަ ހަތަރު ރުފިޔާ އަށާވީސް ލާރި) ވަނީ ހަރަދުކޮށްފައެވެ. އޭގެތެރެއިން 51،507.28 (ފަންސާސް އެއްހާސް ފަސްސަތޭކަ ހަތް ރުފިޔާ އަށާވީސް ލާރި) ހޭދަކޮށްފައިވަނީ ޓީމް ހަނިމާދޫ ކުޅުނު މެޗުތަކުގެ ސައިފޮދުގެ ހަރަދަށެވެ. ބާކީ 23،767 (ތޭވީސް ހާސް ހަތްސަތޭކަ ފަސްދޮޅަސް ހަތް ރުފިޔާ) ހަރަދު ކޮށްފައިވަނީ ޓީމް ޖާޒީ އަދި އިސްޓާކީން ގަތުމަށެވެ.

މި މުބާރަތުގެ އޯގަނަައިޒޭޝަން ހަރަދުގެ ގޮތުގަ ޖުމުލަ 62،197.00 (ފަސްދޮޅަސް ދެހާސް އެއްސަތޭކަ ނުވަދިހަ ހަތް ރުފިޔާ) ހަރަދު ކޮށްފައިވެއެވެ. އެގޮތުން ރެފުރީންގެ ހުރުމަށް 46،100 (ސާޅީސް ހަހާސް އެއް ސަތޭކަ) ރުފިޔާ ހަރަދުވިއިރު މުބާރާތަށް ތަން ޒީނަތްތެރިކުރުމަށް 10،920 (ދިހަ ހާސް ނުވަ ސަތޭކަ ވިހި) ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. އަދި މިކަމަށް 5،177 (ފަސްހާސް އެއް ސަތޭކަ ހަތްދިހަ ހަތެއް) ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

މުބާރާތާ ގުޅިގެން ކުރެވުނު މަރާމާތަށް 64،043 (ފަސްދޮޅަސް ހަތަރުހާސް ސާޅީސް ތިނެއް) ރުފިޔާ ހަރަދު ކޮށްފައިވެއެވެ. އެއީ ދަނޑުގެ ސަރަހައްދުގެ މަރާމާތަށް 53،313 (ފަންސާސް ތިންހާސް ތިން ސަތޭކަ ތޭރަ) ރުފިޔާ އަދި ދަނޑުގެ މަރާމާތަށް 10،730 ( ދިހަ ހާސް ހަތްސަތޭކަ ތިރީސް) ރުފިޔާއެވެ.

މި ހަރަދާއެކު ހަނިމާދޫ ކައުންސިލުން ކުޅިވަރަށް މިއަހަރުގެ މިހާތަނަށް ހަރަދުކުރި ފައިސާގެ އަދަދު 345،853.78 (ތިންލައްކަ ސާޅީސް ފަސްހާސް އަށްސަތޭކަ ފަންސާސް ތިން ރުފިޔާ ހަތްދިހަ އަށް ލާރި) އަށް އަރާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ