ޒުވާނުންގެ ދިސާގައި ބައިވެރިވުމުގެ ފުރުސަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ހުޅުވާލައިފިއެވެ.
އެޗްޑީސީން މިއަދު ބުނީ ޒުވާނުންގެ ދިސާއަކީ އެޗްޑީސީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. މިއަހަރު މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ހުޅުމާލޭ ފަރުކޮޅުފުށި ކޮންފަރެންސް ހޯލުގައެވެ.
އުމުރުން 16 އަހަރާއި 20 އަހަރާ ދެމެދުގެ 30 ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ މި ޕްރޮގްރާމުގެ މަގުސަދަކީ ޒުވާނުންނަށް ދިރިއުޅުމުގެ ރިވެތި އާދަތަކާއި ހުނަރުތައް ދަސްކޮށްދިނުމެވެ.
އެޗްޑީސީން ބުނީ އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ޒުވާނުނަށް އެކަމަށްއެދި އޮންލައިން ފޯމް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.