މިލައުތުރު ސްޕޯޓްސް ފިއެސްޓާ ފުޓްސަލް މުބާރާތުގެ އެއްވަނަ ފުނަދޫއަށް

ކުޅިވަރު ފަހުގެ

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ފުޓްސަލް މުބާރާތުގެ އެއްވަނަ ފުނަދޫ ޓީމް ހޯދައިފިއެވެ.

ފުނަދޫ ޓީމް އެއްވަނަ ހޯދީ މިއަދު ނަރުދޫގައި ކުޅުނު ފައިނަލް މެޗު 4-0 ން ނަރުދޫ ބަލިކޮށްގެނެވެ. ފުނަދޫ ވަނީ މި މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ފައިނަލް މެޗަށްފަހު ވަނީ ވަނަ ވަނައަށް ދިޔަ ޓީމްތަކަށް ޓުރޮފީ އަދި ފައިސާގެ އިނާމް ހަވާލުކޮށްފައެވެ. މި އިނާމްތައް ހަވާލު ކޮށްދިނީ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބުދުﷲ މައުސޫމްއެވެ.

މުބާރަތުގެ ވަނަތައް

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން

  • އަޙްމަދު އާތިފް (5) – ނަރުދޫ
  • މުޙައްމަދު ޝާން (80) – ކަނޑިތީމް
  • އަބްދުﷲ ޒަމީން (4) – ފުނަދޫ
  • އިސްމާއިލް ޝާފިޢު (23) – ނަރުދޫ
  • އިބްރާހީމް ރިފާޒް (7) – ގޮއިދޫ

އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ

  • މޫސާ ސަނީހް (10) ނޫމަރާ

އެންމެ އުންމީދީ ކުޅުންތެރިޔާ

  • އަޙްމަދު ފާއިން މުޙައްމަދު (47) ފޭދޫ

ކިންގް އޮފް ދަ ޓޯނަމެންޓް

  • އިސްމާއިލް ޝާފިޢު (23) ނަރުދޫ
އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ