ހދ އަދޮޅު ވޮލީ މުބާރާތުގަައި ނޮޅިވަރަމް ސީއާރުސީ އަތްދަށުވެ ޓީމް ހަނިމާދޫ ފިރިހެން ޓީމަށް މުބާރާތް ނިންމާލަން ޖެހިއއްޖެއެވެ.
މިރޭ ހދ. އަތޮޅު ވޮލީބޯޅަ މުބާރާތް 2022 ގެ ފިރިހެން ޑިވިޝަންގެ ދެވަނަ ސެމީ ފައިނަލް މެޗުގައި ޓީމް ހަނިމާދޫ، ނޮޅިވަރަމް ސީއާރުސީ އަތްދަށުވީ 3-2 ސެޓުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނުން މި މެޗުގެ ފުރަތަމަ ދެ ސެޓު ގެންދިޔައީ ނޮޅިވަރަމް ސީއާރުސީން 25-15 އަދި 25-24 އިންނެވެ. ދެން ކުޅެވުނު ދެސެޓް ޓީމް ހަނިމާދޫ ކާމިޔާބުކުރީ 25-22 އަދި 25-16 އިންނެވެ. ތިންވަނަ ސެޓް 8-15 އިން ފަސޭހަކަމާއެކު ގެންދިޔައީ ނޮޅިވަރަމް ސީއާރުސީ އެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ނޮޅިވަރަމް ސީއާރުސީގެ ޖާޒީ ނަމްބަރ 11 އަސްފާގް އާދަމް އެވެ.
ފިރިހެން ފަޅީގެ ފައިނަލް ކުޅޭނީ 22 ވަނަ ދުވަހުގެރޭ 20:30 ގައި ނޮޅިވަރަންފަރު ވޮލީ ކޯޓުގައެވެ. މި މެޗުގައި ނޮޅިވަރަމް ސީއާރުސީ އާ ދެކޮޅަށް ނުކުންނާނީ ނޮޅިވަރަންފަރު ސްޕޯރޓްސް ކުލަބެވެ.