ތިލަފުށިީގެ ކަރަންޓު ކެޕޭސިޓީ 3.4 މެގަވޮޓަށް އިތުރުކޮށްފި

ޚަބަރު ފަހުގެ

ސިނާޢީ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ތިލަފުށީގައި ކަރަންޓުގެ ޚިދުމަތް ފުޅާކުރުމަށްޓަކައި ކަރަންޓުގެ ކެޕޭސިޓީ 3.4 މެގަވޮޓަށް އިތުރުކޮށްފިއެވެ.

ތިލަފުށީގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ސްޓެލްކޯއިން ވިދާޅުވީ ތިލަފުށީގައި ކަރަންޓުގެ ޚިދުމަތް މިހާރަށްވުރެ ބޮޑަށް ދިނުމަށްޓަކައި 800 ކިލޯވޮޓުގެ އައު ޖަނަރޭޓަރެއް ބަހައްޓައި ކަރަންޓު ދޭން ފަށާފައިވާކަމަށެވެ. މީގެ ކުރިން އެރަށުގައި 5 ޖަނަރޭޓަރު ބަހައްޓައިގެން އަންނަނީ ކަރަންޓު ފޯރުކޮށްދެމުންނެވެ. މިގޮތުން 400 ކިލޯވޮޓުގެ 2 ޖަނަރޭޓަރާއި 1000 ކިލޯވޮޓުގެ ޖަނަރޭޓަރެއްގެ އިތުރަށް 800 ކިލޯވޮޓުގެ ޖަނަރޭޓަރެއް ބޭނުންކޮށްގެން ވަނީ ކަރަންޓުގެ ޚިދުމަތް ފޯރުކޯށްދީފައެވެ. އެންމެފަހުން ބެހެއްޓި 800 ކިލޯވޮޓުގެ ޖަނަރޭޓަރާއެކު މިހާރު އެރަށުގައި ކަރަންޓު ކެޕޭސިޓީ ވަނީ 3.4 މެގަވޮޓަށް އިތުރުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ތިލަފުއްޓަކީ ސިނާއީ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ރަށަކަށްވުމާއެކު ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދެވޭނެ އިންތިޒާމްތައް ސްޓެލްކޯއިން އަންނަނީ ހަމަޖައްސަމުންނެވެ. ތިލަފުށީގައި ކުރާ ބައެއް މަސައްކަތްތަކުގެ ތެރޭގައި ބޯޓު ބަނުމުގެ މަސައްކަތްތަކާއި ކުނި ނައްތާލުމުގެ މަސައްކަތްތަކާއި ގޭސް ރައްކާކުރުމުގެ މައްސައްކަތްތަކުގެ އިތުރަށްވެސް އެހެނިހެން މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ