ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތުގައި ޓީމް ހަނިމާދޫ އަންހެން ޓީމަށް ދެވަނަ

ހަނިމާދޫ ކުޅިވަރު ފަހުގެ

ހދ. އަތޮޅު ވޮލީބޯޅަ މުބާރާތް 2022 ގެ އަންހެން ޑިވިޝަންގެ ދެވަނަ ޓީމުގެ މަގާމް ހަނިމާދޫ ލިބިއްޖެއެވެ.

ޓީމް ހަނިމާދޫއަށް ދެވަނަ ލިބުނީ މިއަދު ހަވީރު ނޮޅިވަރަންފަރު ލައިކަން އާއި ވާދަކޮށް ސީދާ 3 ސެޓުން ބަލިވުމާއެކުއެވެ.

އިޝްތިހާރު
އިޝްތިހާރު

ލައިކަން މެޗުގެ ސެޓުތައް ގެންދިޔައީ ފުރަތަމަ ސެޓު 25-20، ދެވަނަ ސެޓު 25-9 އަދި ތިންވަނަ ސެޓު 25-4 ން ނެވެ.

މި މުބާރާތުގެ ގަދަ 6 ގައިވެސް ޓީމް ހަނިމާދޫ ދެކުޅުންތެރިން ހިމެނިފައިވެއެވެ. އެއީ ހަނިމާދޫގެ ޖާޒީ ނަމްބަރ 14 އައިޝަތު ރީޝާ އާއި ޓީމް ހަނިމާދޫ ޖާޒީ ނަމްބަރ 12 އާމިނަތު ވިރާޝާ އެވެ.

ދެން ގަދަ 6 ގައި ހިމެނުން އެހެން ކުޅުން ތެރިނަކީ ލައިންގެ ޖާޒީ ނަމްބަރ 2 މަރްޔަމް އަޒީފާ، ލައިކަންގެ ޖާޒީ ނަމްބަރ 12 ޝަހުމީލާ އަބްދުލް ހަފީޒް، ލައިކަންގެ ޖާޒީ ނަމްބަރ 13 ފާތިމަތު ޝިޔާނާ، އަދި ޓީމް ފިނޭ ޖާޒީ ނަމްބަރ 16 އައިޝަތު ސަބާނާ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަަށް ހޮވިފައިވަނީ ލައިކަންގެ ޖާޒީ ނަމްބަރ 2 މަރްޔަމް އަޒީފާ އެވެ.

މުބާރާތުން ދެވަނަ ހޯދުމަށްފަހު ރަށަށް އައުމުން ހަނިމާދޫން ވަނީ ޓީމް ހަނިމާދޫއަށް ހޫން މަރުހަބާއެއް ކިޔާފައެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ނޮޅިވަރަންފަރު ލައިކަންގެ ކޯޗު އަބުދުލްﷲ ރަޝީދުއެވެ.

މިމުބާރަތު ފަހުރުވެރި އެއްވަނަ ލިބުނީ ނޮޅިވަރަންފަރު ލައިކަންއަށެވެ. ފެއަރޕުލޭ ޓީމަކީ ޓީމް ނޭކުރެންދޫ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ