ބޯޑަރ ސެކިއުރިޓީ ވަރުގަދަކުރަން ޚާއްޞަ މަހާސިންތާއެއް

ޚަބަރު ފަހުގެ

ރާއްޖޭގެ ބޯޑާ ސެކިއުރިޓީ ބެލެހެއްޓުމުގައި ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން މަޝްވަރާ ކުރުމަށް ބާއްވާ ފުރަތަމަ “މޯލްޑިވްސް ބޯޑާ ސެކިއުރިޓީ ސިމްޕޯޒިއަމް” މިއަދު ފަށައިފި އެވެ.

ބޯޑަރ ސެކިއުރިޓީ ވަރުގަދަކުރުމަށް ބާއްވާ މި ހާއްސަ މަހާސިންތާއަކީ ރާއްޖޭގައި މިގޮތަށް ބާއްވާ ފުރަތަމަ މަހާސިންތާއެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި މަހާސިންތާއަކީ އިމިގްރޭޝަނާއި، ކަސްޓަމްސް، އެމްއެންޑީއެފް އަދި ފުލުހުންނާއި އޭވިއޭޝަން ކޮމާންޑް ސެކިއުރިޓީން ގުޅިގެން ކުރިއަށްގެންދާ މަހާސިންތާއެކެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރަށް އދ. ގެ ޑްރަގް އެންޑް ކްރައިމް އޮފީސް (ޔޫއެންއޯޑީސީ) އާއި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް)ގެ އޮފިޝަލުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

ސިމްޕޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަސަން ޒަމީލް ވިދާޅުވީ، ބޯޑަރު ސެކިއުރިޓީގައި ހިއްސާވާ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ކުޑަ ކަމަށެވެ. އަދި މި މުއައްސަސާތަކުގެ މެދުގައި ކަންކަން ހިއްސާކުރެވޭ މިންވަރުވެސް ދަށްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ސިމްޕޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު މީޑިއާތަކާ ވާހަކަދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ މި މަހާސިންތާގެ މައިގަނޑު މަގްސަދަކީ ބޯޑަރ ސެކިއުރިޓީގެ ދާއިރާގައި މިހާރު ހުރި މައްސަލަތައް ދެނެގަނެ، ކަމާ ބެހޭ އިދާރާތަކުން އެއް މޭޒަކަށް އައިސް މިކަމުގެ ބައްދަލުވުންތައް ބޭއްވުން ކަމަށެވެ.

ހަނަފީ ވިދާޅުވީ ރާއްޖޭގައި ބޯޑަރ ސެކިއުރިޓީ ގާއިމްކޮށްފައި ވަނީ ހަތަރު ވަރަކަށް އެޖެންސީ ބައިވެރިވެގެން، ކޮންމެ އެޖެންސީއަކަށް އަކަށައެޅިފައިވާ ކޮމްޕޮނެންޓް ހަމަކޮށްގެން ކަމަށެވެ. އެހެންކަމުން މި މަހާސިންތާގައި ކުރަނީ އެ ހުރިހާ އިދާރާއަކުން އެއް މޭޒަކަށް އައިސް މިކަންކަމުގައި މަޝްވަރާކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.
ހަނަފީ ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި މަޝްވަރާކުރެވޭ ކަންކަމަށް ބަލައި، ބަދަލެއް ގެންނަން ޖެހޭ ކަމެއް ފާހަގަކުރެއްވިއްޖެ ނަމަ އެ ކަންކަން ކުރިމަގުގައި ތަންފީޒު ވެސް ކުރާނެ އެވެ. އެ ބައްދަލުވުމުގައި ހުށަހަޅާ ކަންކަމުގެ މައްޗަށް ބަލައިގެން، ބޯޑާ ސެކިއުރިޓީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ވެސް ތައްޔާރު ކުރާނެ ކަމަށް ވިދާޅުވި އެވެ.

އިމިގްރޭޝަނުން ބުނީ ކޮވިޑް-19ގެ ވަބާ އަށް ފަހު، ގައުމުތަކުގެ ބޯޑަރުގައި ހިންގާ ކުށްތަކުގެ އަދަދު މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ބޮޑެތި ގައުމުތަކާއި އަދި ރާއްޖެ ފަދަ ކުދި ގައުމުތަކުން ވެސް އެކުގައި މަސައްކަތްކޮށް، ހައްލެއް ހޯދަމުން އަންނަ ކަމަށް ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ