ޔުވެންޓަސް ބަލިކޮށް ގްރޫޕް އެޗުގެ ދެ ވަނަ ޓީމުގެ ގޮތުގައި ބެންފީކާ ދެ ވަަނަ ބުރަށް

ކުޅިވަރު ފަހުގެ

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް އެޗުގައި ޔުވެންޓަސް ބަލިކޮށް ދެ ވަނަ ބުރުގެ ފަހު ޖާގަ ބެންފީކާ އިން ހޯދައިފިއެވެ.

މި ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރުން ޖާގަ ހޯދީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އެވެ. ބެންފީކާ އާއި ޕީއެސްޖީގެ ޕޮއިންޓު ލިބެނީ އެއް ވަރަކަށެވެ. ނަމަވެސް ޕީއެސްޖީން ކުރި ހޯދީ ފައިދާ ގޯލުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އަންގާރަ ދުވަހުގެ ރޭ ބެންފީކާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ އެ ޓީމުން ކާމިޔާބުކުރީ 3-4 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބެންފީކާ އިން ވަނީ ތިން ލަނޑު ޖަހާފައެވެ.

ބެންފީކާގެ ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި ޖެހީ އެންޓޯނިއޯ ސިލްވާއެވެ. އެއީ އެންޒޯ ފެނާންޑޭޒްގެ އެހީތެރިކަމާއެކު އޭނާ ޖެހި ލަނޑެކެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ޔުވެންޓަސްގެ މޮއިން ކީން ވަނީ ލަނޑު ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ދެ ވަނަ ފަހަރަށް ބެންފީކާ އަށް ލީޑު ނަގައިދިނީ 28 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޔާއޯ މާރިއޯއެވެ. ބެންފީކާގެ ތިން ވަނަ ލަނޑު ޖެހީ 35 ވަނަ މިނެޓުގައި މާރިއޯ ދިން ބޯޅައަކުން ރަފާ ސިލްވާއެވެ.

ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ރަފާ ސިލްވާ ވަނީ ބެންފީކާގެ ހަތަރު ވަނަ ލަނޑު ޖަހާފައެވެ. މި ހާފުގައި ޔުވެންޓަސް އިން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑު ޖެހުމަށް މަސައްކަތްކޮށްފައެވެ. މެޗުގެ 77 ވަނަ މިނެޓުގައި އާކަންޑިއުސް މިލިކް ވަނީ ޔުވެންޓަސް އަށް ލަނޑެއް ޖަހައިދީފައެވެ. އޭގެ ދެ މިނެޓު ފަހުން މެކް ކެނީ ވަނީ އިތުރު ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ލަނޑަކަށް ކުޑަކޮށްފައެވެ. އޭގެ ފަހުން ޔުވެންޓަސް އަށް އިތުރު ލަނޑެއް ކާމިޔާބެއް ނުކުރެވެއެވެ.

ބެންފީކާ އޮތީ ފަސް މެޗުން 11 ޕޮއިންޓާއެކު ދެ ވަނައިގައެވެ. ދެ ވަނަ ބުރުން ބެންފީކާ ޖާގަ ހޯދިއިރު، ޔުވެންޓަސް ޖެހޭނީ ޔޫރޮޕާ ލީގު ކުޅޭށެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ