ދެވަނަ ލެގުން ވެސް ބަޔާން ބާސާ ބަލިކޮއްފި

ކުޅިވަރު ފަހުގެ

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ބަޔާން މިއުނިކުން ދެ ވަނަ ފަހަރަށް ބާސެލޯނާ ބަލިކޮށްފިއެވެ.

މި ދެ ޓީމު ފުރަތަމަ ބަޔާންގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 0-2 އިންނެވެ. ދެ ވަނަ މެޗުގައި ބުދަ ދުވަހުގެ ރޭ ބާސެލޯނާގެ ދަނޑުގައި ބަޔާން އެ ޓީމު ބަލިކުރީ 3-0 އިންނެވެ. އެ މެޗަށް ނިކުތްއިރު ވެސް ބާސެލޯނާ ވަނީ މުބާރާތުން ކަޓައިފައެވެ. އެއީ މި ގްރޫޕްގައި އިންޓަ މިލާނުން ވިކްޓޯރިއާ ޕްލެޒެން ބަލިކުރުމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ބާސެލޯނާގެ ދަނޑުގައި ބަޔާނުން ފުރަތަމަ ލީޑު ނެގީ މެޗުގެ 10 ވަނަ މިނެޓުގައެވެ. އެއީ ސާޖް ގްނަބްރީ ތަނަވަސްކޮށްދިން ފުރުސަތަކުން ސަޑިއޯ މާނޭ ޖެހި ލަނޑެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާނުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އެ ލަނޑު މެޗުގެ 31 ވަނަ މިނެޓުގައިި ޖެހީ ޗޯޕާ މޯޓިންއެވެ. އެ ލަނޑު ޖެހުމަށް ވެސް އެހީތެރިވެދިނީ ގްނަބްރީއެވެ.

ދެ ވަނަ ހާފު ފަށައިގެން މެޗުގެ 56 ވަނަ މިނެޓުގައި ގްނަބްރީ ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް ވީއޭއާރުން ނިންމީ އެ ލަނޑު ބަލައި ނުގަތުމަށެވެ. ބަޔާންގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ގްނަބްރީ ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހީ ބެންޖަމިން ޕަވާޑްއެވެ.

ބަޔާން މި ގްރޫޕްގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އިންޓަ އޮތީ ފަސް މެޗުން 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުން ދެ ވަނަ ބުރަށް ދިޔައީ މި ދެ ޓީމެވެ. މި ގްރޫޕްގް ތިން ވަނައިގައި އޮތް ބާސެލޯނާ އަށް ޖެހޭނީ ޔޫރޮޕާ ލީގު ކުޅޭށެވެ. ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ޕްލެޒެންއެެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ