ލެވަކޫސަން އަތުން އެއްވަރުވެ އެތުލެޓިކޯ ކަޓައިފި

ކުޅިވަރު ފަހުގެ

ޔުއެފާ ޗެމްޕިއަންްސް ލީގުގައި ބަޔާ ލެވަކޫސަންއާ އެއްވަރުގެ އެތުލެޓިކޯ މެޑްރިޑު މުބާރާތުން ކަޓައިފިއެވެ.

ބުދަ ދުވަހުގެ ރޭ އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލެވަކޫސަނުންނެވެ. އެއީ މެޗުގެ ނުވަ ވަނަ މިނެޓުގައި އާދަމް ހިއޮޒެކް ތަނަވަސްކޮށްދިން ފުރުސަތެއްގައި މޫސާ ޑިއާބީ ޖެހި ލަނޑުންނެވެ. އޭގެ ފަހުން 22 ވަނަ މިނެޓުގައި އެތުލެޓިކޯ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޔަނިކް ކަރާސްކޯއެވެ. އޭނާ މި ލަނޑު ޖެހީ އެންޓޮއިން ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެވަކޫސަނުން ވަނީ ދެ ވަނަ ފަހަރަށް ލީޑު ނަގާފައެވެ. އެއީ 29 ވަނަ މިނެޓުގައި އަމީރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކަލުމް ހަޑްސަން އޮޑޯއި ޖެހި ލަނޑެވެ. ދެ ވަނަ ފަހަރަށް އެތުލެޓިކޯ އިން ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގައެވެ. ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ކަރާސްކޯގެ އެހީތެރިކަމާއެކު މި ލަނޑު ޖެހީ ރޮޑްރީގޯ ޑި ޕޯލްއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ތެރޭގައި އެތުލެޓިކޯ އަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފައެވެ. ނަމަވެސް ކަރާސްކޯ އަށް ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ.

މި ގްރޫޕްގައި ޕޯޓޯ އިން ވަނީ ކުލަބް ބްރޫޖްގެ ދަނޑުގައި 4-0 އިން އެ ޓީމު ބަލިކޮށްފައެވެ. ގްރޫޕްގެ އެއް ވަނައިގައި ދެ ވަނަ ބުރުން ޖާގަ ހޯދީ ބްރޫޖްއެވެ. އެއީ ފަސް މެޗުން 10 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި ޕޯޓޯ ދެ ވަނަ ބުރަށް ދިޔައީ ނުވަ ޕޮއިންޓުންނެވެ. ތިން ވަނައިގައި އެތުލެޓިކޯ އޮތީ ފަސް ޕޮއިންޓުންނެވެ. ފުލުގައި ލެވަކޫސަން އޮތީ ހަތަރު ޕޮއިންޓުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ