ސަމްޑޯރިއާ ދެކޮޅަށް ކުޅުނު މެޗްއިން އިންޓައަށް މުހިންމު މޮޅެއް

ކުޅިވަރު ފަހުގެ

އިޓާލިއަން ލީގުގައި ސަމްޑޯރިއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އިންޓަ މިލާނުން މުހިންމު މޮޅެއް ހޯދައިފިއެވެ.

އިންޓަގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 0-3 އިންނެވެ. މެޗުގައި އިންޓައިން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހާފައެވެ. އެ ޓީމުގެ އަނެއް ލަނޑު ފެނުނީ މެޗުގެ ދެ ވަނަ ހާފުގައެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗުގެ 21 ވަނަ މިނެޓުގައި އިންޓަ އަށް ލީޑު ނަގައިދިނީ ސްޓެފަން ޑިވްރައިއެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައި ވަނިކޮށް އިންޓަގެ ދެ ވަނަ ލަނޑު ޖެހީ ނިކޯލޯ ބަރޭލާއެވެ. ދެ ވަނަ ހާފަށް ނިކުމެ އިންޓަގެ ތިން ވަނަ ލަނޑު ޖަހައިދިނީ ޔަކީން ކޮރޭއާއެވެ.

ލީގުގައި ޔުވެންޓަސް އިން ވަނީ 1-0 އިން ލެއްޗޭ ބަލިކޮށްފައެވެ. މެޗުގައި ޔުވެންޓަސްގެ ހަމައެކަނި ލަނޑު 73 ވަނަ މިނެޓުގައި ޖެހީ ނިކޯލޯ ފަޖިއޯލީއެވެ.

މެޗުން މޮޅުވެ އިންޓަ އޮތީ 12 މެޗުން 24 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނަ މަގާމުގައެވެ. ޔުވެންޓަސް އޮތީ 22 ޕޮއިންޓާއެކު ހަތް ވަނައިގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ