މައިންޒް ބަލިކޮށް ބަޔާން ތާވަލްގެ އެއް ވަނައަށް

ކުޅިވަރު ފަހުގެ

ޖަރުމަނު ލީގުގައި މައިންޒް ބަލިކޮށް ޗެމްޕިއަން ބަޔާން މިއުނިކް ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފިއެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 2-6 އިންނެވެ. މެޗުގައި ބަޔާންގެ ފުރަތަމަ ލަނޑު ފަސް ވަނަ މިނެޓުގައި ޖެހީ ސަޑިއޯ މާނޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ސާޖް ގްނަބްރީއެވެ. ބަޔާންގެ ދެ ވަނަ ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ޖެހީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖަމާލް މުސިއާލާއެވެ. ބަޔާންގެ ތިން ވަނަ ލަނޑަކީ ޕެނަލްޓީއަކުން މާނޭ ކަމިޔާބުކޮށްދިން ލަނޑެކެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މައިންޒްގެ ސިލްވަން ވިޑްމެއާ ވަނީ ލަނޑެއް ޖަހާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ދެ ވަނަ ހާފު ފަށައިގެން ބަޔާންގެ ހަތަރު ވަނަ ލަނޑު ޖެހީ މާނޭ ތަނަވަސްކޮށްދިން ފުރުސަތަކުން ލެއޯން ގޮރެޓްޒްކާއެވެ. ބަޔާންގެ ފަސް ވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ޖެހީ މަތީސް ޓެލްއެވެ. އޭގެ ތިން މިނެޓު ފަހުން މައިންޒްގެ އިންގްވާޓްސަން ވަނީ ލަނޑެއް ޖަހާފައެވެ. ބަޔާންގެ ފަހު ލަނޑު 86 ވަނަ މިނެޓުގައި ޖެހީ ޗޮޕޫ މޯޓިންއެވެ.

މެޗުން މޮޅުވެ ބަޔާން އެއް ވަނައިގައި އޮތީ 12 މެޗުން 25 ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ބަޔާނަށްވުރެ އެއް މެޗު މަދުން ކުޅެގެން ޔޫނިއަން ބާލިންއެވެ. އެއީ 23 ޕޮއިންޓާއެކުއެވެ. ނަމަވެސް އާދިއްތަ ދުވަހު ބޮރޫޝިއާ މުންޗެންގްލަޑްބެކްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ބާލިން އަށް އަލުން އެއް ވަނަ ހޯދޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ