ސަސުއޯލާ ބަލިކޮށް ނަޕޯލީ އެއް ވަނައިގައި

ކުޅިވަރު ފަހުގެ

އިޓާލިއަން ލީގުގައި ސަސުއޯލާ ބަލިކޮށް ނަޕޯލީން އެއް ވަނައިގައި ލީޑު ފުޅާކޮށްފިއެވެ.

ނަޕޯލީގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 0-4 އިންނެވެ. މެޗުގައި ނަޕޯލީގެ ވިކްޓަ އޮސީމެން ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ނަޕީލުގެ ފުރަތަމަ ލަނޑު އޮސީމެން ޖެހީ މެޗުގެ ހަތަރު ވަނަ މިނެޓުގައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަޕޯލީން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ، އެ ޓީމުގެ ދެ ވަނަ ލަނޑު މެޗުގެ 19 ވަނަ މިނެޓުގައި ޖެހީ ވެސް އޮސީމެންއެވެ. ތިން ވަނަ ލަނޑު ކްރަވަޝްކޭލިއާ ޖެހީ މެޗުގެ 36 ވަނަ މިނެޓުގައެވެ. ނަޕޯލީގެ ފަހުން ލަނޑު ދެ ވަނަ ހާފުގައި ޖެހީ އޮސީމެންއެވެ. މިވަގުތު އޮސީމެން ހުރީ ރަނގަޅު ފޯމެއްގައެވެ. އޭނާ އަންނަނީ ނަޕޯލީގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ނަޕޯލީ އެއް ވަނައިގައި އޮތީ 12 މެޗުން 32 ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އޭސީ މިލާނަށް 26 ޕޮއިންޓު ލިބެނީ 11 މެޗުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ