ކާޑިޒް އަތުން އެތުލެޓިކޯ މެޑްރިޑް ބަލިވެއްޖެ​

ކުޅިވަރު ފަހުގެ

ސްޕެނިޝް ލީގުގައި ކާޑިޒްއާ ދެކޮޅަަށް ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް ބަލިވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކާޑިޒްގެ ދަނޑުގައި އެ ޓީމުން އެތުލެޓިކޯ ބަލިކުރީ 2-3 އިންނެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ކާޑިޒް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. އަލްފޮންސޯ އެސްޕިނޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ތެއޯ ބޮންގޮންޑާއެވެ. ކާޑިޒް އިން ލީޑު ފުޅާ ކުރީ ދެ ވަނަ ހާފުގައެވެ. އެއީ އެލެކްސް ފެނާންޑޭޒް ޖެހި ލަނޑުންނެވެ. 81 ވަނަ މިނެޓުގައި އޭނާ ލަނޑު ޖެހީ ވެސް އެސްޕިނޯ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

އެތުލެޓިކޯގެ ފުރަތަމަ ލަނޑަކީ ކާޑިޒްގެ ލުއިޒް ހެނާންޑޭޒް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އެތުލެޓިކޯ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 89 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޔާއޮ ފެލިކްސްއެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ރުބެން ސޮބްރިނޯ ވަނީ ކާޑިޒް މޮޅުކޮށްދިން ލަނޑު ޖަހާފައެވެ.

މެޗުން ބަލިވި ނަމަވެސް އެތުލެޓިކޯ އޮތީ ތާވަލްގެ ތިން ވަނަ މަގާމުގައެވެ. އެއީ 12 މެޗުން 23 ޕޮއިންޓާއެކުއެވެ. ނަމަވެސް ލީގުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗުން ރެއާލް ސޮސިއެޑާޑް މޮޅުވެއްޖެ ނަމަ، އެތުލެޓިކޯ ހަތަރު ވަނަ އަށް ވެއްޓޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ