ނަސްރުގެ ދުވަހުގެ ޕެރޭޑު ހދ.ކުޅުދުއްފުށީގައި ބާއްވައިފި

ޚަބަރު ފަހުގެ

މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ހދ. ކުޅުދުއްފުށީގައި ޕެރޭޑު ބާއްވައިފިއެވެ.

މިއަދު ހަވީރު ބޭއްވި މި ޕެރޭޑު، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަޠީފްގެ އިތުރުން ބައެއް ޖެނެރަލް އޮފިސަރުންނާއި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފް ވަނީ ބައްލަވާލައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްއެންޑީއެފުން ބުނީ، މި ޕެރޭޑުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ މިލިޓަރީ ބޭންޑުން ހާއްސަ ރާގެއް ކުޅެފައިވާ ކަމަށެވެ.

ފެރޭޑުގެ ހަރަކާތަށްފަހު، ކުޅުދުއްފުށީގެ ދަނޑުގައި އެފްއާރްއެސްއާއި ކޯސްޑްގާޑާއި މެރިންސްގެ އިތުރުން ޕެރޭޑްގައި ހަރަކާތްތެރިވި ސިފައިންނާ ޕެރޭޑްގެ ހަރަކާތްތައް ބަލަން ނިކުތް ކުޑަކުދިންނާއިއެކު އިންޓަރެކްޝަން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ޑިފެންސް މިނިސްޓަރ ހދ. ކުޅުދުއްފުށްޓަށް ކުރެއްވި މި ޒިޔާރަތުގައި ވަނީ ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އާޢިލާގެ ބޭފުޅުންނާ ބައްދަލުކުރައްވައި، އެބޭފުޅުންގެ ހާލު ބައްލަވާލައްވާފައިވެއެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގެ ބޭފުޅުންނާ ވެސް މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުންތަކުގައި މިނިސްޓަރގެ އަރިހުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްގެ އިތުރުން ބައެއް ޖެނެރަލް އޮފިސަރުންނާއި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފް ބައިވެރިވެ ވަޑައިގެންނެވި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ