ހިންމަފުށީ ސިއްޙީ މަރުކަޒު ތަރައްޤީކުރަން ޖަޕާނުން 2.6 މިލިއަން ރުފިޔާގެ އެހީއެއް

ޚަބަރު ފަހުގެ

ހިންމަފުށީ ސިއްޙީ މަރުކަޒު ތަރައްޤީކުރުމަށް ޖަޕާނު ސަރުކާރުން 2.6 މިލިއަން ރުފިޔާގެ އެހީ ދިނުމަށް ނިންމައިފިއެވެ. މިއީ ޖަޕާން ސަރުކާރުގެ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްގެ ދަށުން ފޯރުކޮށްދޭ އެހީއެކެވެ.

މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ރަސްމިއްޔާތެއްގައި އެހީގެ އެއްބަސްވުމުގައި ހިންމަފުށީ ސިއްޙީ މަރުކަޒުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެމަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރ، ޢަބްދުﷲ ޝަފީޢުއެވެ. ޖަޕާން ސަރުކަރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކިއުޗީ މިޑޯރީއެވެ.

އިޝްތިހާރު
އިޝްތިހާރު

ޖަޕާން ސަރުކާރުން ފޯރުކޮށްދޭ މި އެހީގެ ދަށުން ކ.ހިންމަފުށީ ސިއްޙީ މަރުކަޒު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ވަޞީލަތް އިތުރުކުރުމަށްވަނީ ހަމަޖެހިފައެވެ.

މިގޮތުން އެމަރުކަޒުގައި އެމަރޖެންސީ ރޫމަކާއި ލެބޯޓްރީގެ ޚިދުމަތާއި އެކްސްރޭ ރޫމަކާއި 2 ކޮންސަލްޓޭޝަން ރޫމް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މިއެއްބަސްވުމުގެ ދަށުން ސިއްޙީ މަރުކަޒު ތަރައްޤީކޮށް ނިމޭއިރު އެމަރުކަޒުން ރޭޑިއޮލޮޖީގެ ޚިދުމަތާއި ލެބޯޓްރީއާއެކު މުހިއްމު އެތައް ޓެސްޓުތަކެއް ހެދޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީއިން ވިދާޅުވެއެވެ.

މިމަސައްކަތް ކުރިއަށްދާއިރު ސިއްޙީ މަރުކަޒުގެ މަސައްކަތް އިތުރަށް ފުރިހަމަކުރުމަށް މިނިސްޓްރީ އޮފް ހެލްތާއި ހިންމަފުށީ ކައުންސިލް ގުޅިގެން މަސައްކަތް ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ