ރާއްޖެއާއި ހަންގޭރީއާ ދެ ގައުމުގެ ދެމެދު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ޚަބަރު ފަހުގެ

ރާއްޖެއާއި ހަންގޭރީއާ ދެ ގައުމުގެ ދެމެދު ގުޅުން ބަދަހިކުރުމަށް ތިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރާއްޖެއާ ހަންގޭރީއާ ދެމެދު މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ހަންގޭރީގީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް ޕީޓާ ސިޔާރޓޯ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އިޝްތިހާރު
އިޝްތިހާރު

ދެ ޤައުމުން ސޮއިކޮށްފައިވަނީ އިޤްތިޞާދީ ދާއިރާއިންނާއި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބާރުވެރިކުރުމުގެ އެއްބަސްވުމަކާއި މަތީ ތާއުލީމްގެ ފުރުޞަތުތައް ފަހިކޮށްދިނުމާ ގުޅޭ އެއްބަސްވުމުގައެވެ.

މިގޮތުން އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުއެވެ. އަދި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބާރުވެރިކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޔޫތް މިނިސްޓަރއެވެ. މީގެ އިތުރަށް ހަންގޭރީން މަތީ ތަޢުލީމްގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަންއެވެ. މި އެއްބަސްވުންތަކުގައި ހަންގޭރީގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް ޕީޓާ ސިޔާރޓޯއެވެ.

މި އެއްބަސްވުންތަކުގެ ތެރެއިން އިޤްތިޞާދީ ދާއިރާއިން މިހާރު ކުރިއަށްދާ މަޝްރޫޢޫތަކުގެ ކަންކަން ބަލާ ދިރާސާ ކުރުމަށްޓަކައި ދެ ޤައުމު ހިއްސާވާގޮތަށް ކޮމިޝަންއެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރަށް މަތީ ތަޢުލީމްގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އެއްބަސްވުމުގެ ދަށުން ހަންގޭރީއާއެކު 2021 ވަނަ އަހަރު ވެފައިވާ އެއްބސްވުން 2024 ވަނަ އަހަރާހަމައަށް ވަނީ ދަމަހައްޓާފައެވެ. މިގޮތުން 2021 ވަނަ އަހަރު ފޯރުކޮށްދިން 15 ސްކޮލަރޝިޕްގެ ފުރުޞަތު، 2024 ވަނަ އަހަރުގެ ނިޔަލަށް އަހަރަކު 25 ސްކޮލަރޝިޕަށް އިތުރުކޮށް ދިނުމަށް މި އެއްބަސްވުމުގައި ހިމަނާފައިވެއެވެ.

ކުޅިވަރުގެ ދާއިރާއިން ވެވުނު އެއްބަސްވުގެ ދަށުން ހަންގޭރީން ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީން ކުރުމުގެ ފުރުޞަތާއި ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

ހަންގޭރީގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ދަތުރުފުޅުގައި ވަނީ ދެ ޤައުމުގެ އެއްގޮތްކަންތައްތަކާއި ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކުންވެސް މަޝްވަރާކުރައްވާފައެވެ. ޕީޓާ ސިޔަރޓޯގެ ދަތުރުފުޅުގައި މިއަދު ރައީސުލްޖުމްހޫރޮއްޔާ އިބްރާހިމް މުޙައްމަދު ޞަލިހްގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއްވެސް ކުރައްވާނެއެވެ. މިއީ ހަންގޭރީގެ ފޮރިން މިނިސްޓަރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ