އއ. ފެރިދޫ ކައުންސިލްގެ ހުރިހާ މެންބަރުން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަށް ސޮއި ކުރައްވައިފިއެވެ.
އެމްޑީޕީ އިން މިއަދު ބުނީ އެ ކައުންސިލްގެ ހުރިހާ މެންބަރުން މިއަދު އެޕާޓީ އަށް ސޮއި ކުރައްވާފައިވާ ކަމަށެވެ. ފެރިދޫ ކައުންސިލްގެ މެންބަރުންނަކީ އަމިއްލަ ގޮތުން އެ ކައުންސިލްގެ މެންބަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅުންނެވެ.
އެމްޑީޕީ އިން ބުނީ އެ ކައުންސިލްގެ މެންބަރުން ސޮއި ކުރެއްވިއިރު އިތުރު 50 މީހުންގެ މެންބާޝިޕް ފޯމު ވެސް ހަވާލު ކޮށްފައިވާ ކަމަށެވެ. އެ ފޯމުތަކާއި ހަވާލުވެވަޑައިގަތީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ފައްޔާޒު އިންތިހާބުވެވަޑައިގަތުމަށްފަހު އަންނަނީ އެޕާޓީގެ މެމްބާޝިޕް އިތުރު ކުރުމުގެ މަސައްކަތްތައް ވެސް ކުރަމުންނެވެ.