މާލޭގައި 18 ކެމިކަލް ގުދަން ހުރި ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް – އެޗްޑީސީ

ޚަބަރު ފަހުގެ

މާލޭގައި މިވަގުތު 18 ކެމިކަލް ގުދަން އެބަހުރިކަމަށް ބުނެ މީޑީއާތަކުގައި ދައުރުވަމުންދާ ޚަބަރަކީ ސައްޙަ މަޢުލޫމާތުތަކެއް ނޫންކަމަށް ހައުސިންގ ޑިވެލޮޕމެންޓް ކޯޕަރޭޝަން، އެޗްޑީސީއިން ބުނެފިއެވެ.

އެޗްޑީސީން ބުނީ މިވަގުތު ތިލަފުށީގައި 34 ކެމިކަލް ގުދަން ޤާއިމްކޮށްފައިވާނެކަމަށެވެ. އަދި މި 34 ކެމިކަލް ގުދަންތަކުގައި މިހާރުވެސް މަސައްކަތްކުރަމުންދާކަމަށް އެކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.

އިޝްތިހާރު
އިޝްތިހާރު

އެޗްޑީސީން ބުނީ އިތުރު 18 ކެމިކަލް ގުދަން ތިލަފުށީގައި ޤާއިމްކުރުމުގެ މަސައްކަތްވެސް އެކޯޕަރޭޝަނުން ކުރަމުންދާކަަމަށެވެ. އަލަށް ޤާއިމްކުރާ މި 18 ކެމިކަލް ގުދަންތަކަކީ މިވަގުތު މާލޭގާއި ހުރި ތަންތަން ބަދަލުކުރުމަށް ޤާއިމްކުރެވޭ ކެމިކަލް ގުދަންތަކެއް ނޫންކަމަށްވެސް އެޗްޑިސީން ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ މައުލޫމާތެއް ހިއްސާކޮށްފައި ނުވާނޭކަމަށްވެސް އެޗްޑީސީން ބުނެއެވެ،

ކެމިކަލް ރައްކާކުރުމަށް ތިލަފުށީގައި ހަދާފައިވަނީ 320 އަކަފޫޓުގެ ކޮންޓެއިނަރގެ ގުދަނާއި، 800 އަކަފޫޓާއި 1000 އަކަފޫޓުގެ ގުދަނެވެ. މި ގުދަންތަކަކީ، ސަލާމަތީ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކެމިކަލް ރައްކާކުރަން ޚާއްސަ ގުދަންތަކެވެ.

މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ސަރުކާރުން ބަދަލުކޮށްފައިވާކަން މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވަޑައިގެން މީޑިއާއަށް މައުލޫމާތުދެއްވަމުން އެމަނިކުފާނުވެސް ވަނީ ފާހަގަކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ