ބޮމުގެ އިންޒާރަކާއެކު ހިތަދޫ ގެއެއް ބަލައި ފާސްކުރަނީ

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ބޮމުގެ އިންޒާރަކާއެކު އައްޑޫ ސިޓީ ހިތަދޫ ގެއެއް ބަލައި ފާސްކުރަން ފުލުހުންނާއި ސިފައިން ފަށައިފި އެވެ.

ހިތަދޫ މެދުވަލު ސަރަހައްދުގައި ހުންނަ އެ ގެއަށް ފުރަތަމަ އައިސްފައިވަނީ އެމްއެންޑީއެފްގެ ބޮން ސްކޮޑް ކަމަށްވާއިރު ގިނަ އަދަދެއްގެ އެސްއޯ ފުލުހުންނާއި ސިފައިން މިހާރު އަންނަނީ އެ ގޭގައި ހަރަކާތްތެރިވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

advertisement

މިއީ މީގެކުރިން ވެސް ހަރުކަށި ފިކުރުގެ މައްސަލައަކާ ގުޅިގެން ފުލުހުން ބަލައި ފާސްކޮށްފައިވާ ގެއެއް ކަމަށް މައުލޫމާތު ލިބެ އެވެ.

ފުލުހުން ވިދާޅުވީ ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނެއް މާލެއާއި އައްޑޫ ސިޓީއާއި އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް އެބަ ގެންދާ ކަމަށެވެ.

މި އޮޕަރޭޝަންގެ އިތުރު ތަފްސީލް ހާމަ ކުރެވެން އޮތް މިންވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ