ސިޓީ ބަލިވިއިރު، އާސެނަލް ތާވަލް އެއްވަނާގައި ފަސްޕޮއިންޓްގެ ތަފާތު​

ކުޅިވަރު ފަހުގެ

ވޯލްޑްކަޕްގެ ކުރިން ކުޅުނު ފަހު މެޗުގައި އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ބްރެންޓްފޯޑް އަތްދަށުވެއްޖެއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ބްރެންޓްފޯޑުން ލީގު ޗެމްޕިއަނުން ބަލިކުރީ މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑުންނެވެ. 1-1 ން އެއްވަރުވާންދިޔަ މެޗު ބްރެންޓްފޯޑް ކާމިޔާބުކުރީ އިތުރު ވަގުތުގެވެސް އަށްވަނަ މިނިޓްގައި އިވާން ޓޯނީ ޖެހި ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ބްރެންޓްފޯޑަށް ކުރި ހޯދައިދިނީވެސް އޭނާއެވެ. އެއީ 16 ވަނަ މިނިޓްގައި ޖެހި ލަނޑުންނެވެ. ޓޯނީއަކީ ސައުތް ގޭޓް ވޯލްޑްކަޕަށް ނެގި 26 ކުޅުންތެރިންގެ ސްކޮޑުން ޖާގަ ނުލިބުނު ކުޅުންތެރިއެކެވެ. ސިޓީ މެޗުގެ ނަތީޖާ ހަމަހަމަކުރީ ފުރަތަަ ހާފްގެ އިތުރު ވަގުތުގައި ފިލް ފޮޑެން ޖެހި ލަނޑުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ސިޓީ ބަލިވި މިމެޗުގައި ހާލާންޑާއި، ކެވިން ޑެ ބުރައިނާއާއި، ފޮޑެންވެސް މެޗު ފުރިހަމަކުރިއެވެ. ކޯޗު ގާޑިއޯލާ ގެނައި ހަމައެކަނި ބަދަލަކީ 87 ވަނަ މިނިޓްގައި ކަންސޭލޯގެ ބަދަލުގައި ޒުވާން ފޯވާޑް އަލްވާރޭޒް ކުޅެން ނެރުމެވެ. 

މިއާއެކު އާސެނަލް ކުޅުނު ފަހު މެޗުގައި ބަލިކުރީ ވުލްވްސްއެވެ. ވުލްވްސްގެ ދަނޑުގައި އާސެނަލް ކުރި ހޯދާފައިވަނީ 2-0ގެ ނަތީޖާއަކުންނެވެ. ދެ ލަނޑުވެސް ޖެހީ ރެއާލްއިން އާސެނަލްއަށް ބަދަލުވެ، މޮޅު ކުޅުމެއް ދައްކަމުން އަންނަ 23 އަހަރުގެ މިޑްފީލްޑަރ މާޓިންގ އޮޑެގާޑެވެ. އޭނާ ދެ ލަނޑުވެސް ޖެހީ ދެވަނަ ހާފްގައެވެ. މެޗަށްފަހު އާސެނަލްގެ ކޯޗު އާޓެޓާ ބުނީ އާސެނަލް މިހިސާބުގައި އޮންނާނެކަމަށް އެއްވެސް މީހަކު އުއްމީދު ނުކުރާނެކަމަށެވެ. 14 މެޗުގެ ތެރެއިން އާސެނަލް ވަނީ 12 މެޗު ކާމިޔާބުކޮށްފައެވެ. މިއީ 14 މެޗުން އާސެނަލްގެ އެންމެ ރަނގަޅު ރެކޯޑެވެ.

އާސެނަލްއަށް ފަސް ޕޮއިންޓްގެ ލީޑެއް ނެގުނީ، އާސެނަލް މެޗުގެ ކުރިން ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ ބްރެންޓްފޯޑް އަތުން ބަލިވުމުންނެވެ. މިމޮޅާ އެކު އާސެނަލް އެއްވަނައިގައި އޮތީ 14 މެޗުން 37 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި މެންޗެސްޓަރ ސިޓީ އޮތީ 32 ޕޮއިންޓާ އެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ