އުދިނޭޒީ ބަލިކޮށް ނަޕޯލީ އަށް 11 ޕޮއިންޓުގެ ބޮޑު ލީޑެއް

ކުޅިވަރު ފަހުގެ

އިޓާލިއަން ލީގުގައި އުދިނޭޒީއާ ދެކޮޅަށް ކުޅުނު މެޗުން ނަޕޯލީ މޮޅުވެއްޖެއެވެ.

ނަޕޯލީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 2-3 އިންނެވެ. މެޗުގައި ނަޕޯލީން ތިން ލަނޑު ޖަހާ ލީޑެއް ނަގާފައިވަނިކޮށް، އުދިނޭޒީ އިން ވަނީ ދެ ލަނޑު ޖަހާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މެެޗުގެ 15 ވަނަ މިނެޓުގައި ނަޕޯލީ އަށް ލީޑު ނަގައިދިނީ އެލްމަސްގެ އެހީތެރިކަމާއެކު ވިކްޓޯ އޮސީމެންއެވެ. ނަޕޯލީ އަށް ލީޑު ފުޅާކޮށްދިނީ މެޗުގެ 31 ވަނަ މިނެޓުގައި ޕިއޮޓް ޒިއެލިންސްކީއެވެ. އެއީ ހަޔަވިން ލޮޒާނޯ ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ޖެހި ލަނޑެކެވެ. ނަޕޯލީގެ ތިން ވަނަ ލަނޑު ފެނުނީ ދެ ވަނަ ހާފު ފަށައިގެން ކުރީކޮޅުއެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އެލްމަސްއެވެ.

މެޗުގައި އުދިނޭޒީގެ ފުރަތަމަ ލަނޑު ނެސްޓޮރޮސްކީ ޖެހީ 79 ވަނަ މިނެޓުގައެވެ. އެއީ އިސާކް ސަކްސެސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އޭގެ ތިން މިނެޓު ފަހުން އުދިނޭޒީގެ ދެ ވަނަ ލަނޑު ޖެހީ ލަޒާ ސަމާޑްޒިކްއެވެ.

މެޗުން މޮޅުވެ ނަޕޯލީ އެއް ވަނައިގައި އޮތީ 11 ޕޮއިންޓުގެ ލީޑަކުންނެވެ. އެއީ ލީގުގައި ކުޅުނު 15 މެޗުން 41 ޕޮއިންޓާއެކުއެވެ. ނަޕޯލީ އަށްވުރެ އެއް މެޗުން މަދުން ކުޅެގެން ދެ ވަނައިގައި އޮތް ލާޒިއޯ އަށް ލިބެނީ 30 ޕޮއިންޓެވެ. ނަޕޯލީ އަތުން ބަލިވި އުދިނޭޒީ އޮތީ 15 މެޗުން 24 ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައިގައެވެ.​

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ