50 ރުފިޔާގެ އައު ނޫޓެއް ތައާރަފްކޮށްފި

ޚަބަރު ފަހުގެ

50 ރުފިޔާގެ އައު ނޫޓެއް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ތައާރަފްކޮށްފި އެވެ.

އެމްއެމްއޭ އިން ބުނީ މިއަދު ތަޢާރަފްކުރި 50 ރުފިޔާގެ ނޫޓުގެ ދެފުށުގައި، ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށެވެ. މިގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނު މަތީ އަގާއެކު އެވެ.

އިޝްތިހާރު
އިޝްތިހާރު

މި ނޫޓުގައި ސޮއިކޮށްފައިވަނީ އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމެވެ. އަދި މި ނޫޓުގައިވާ ތާރީޙަކީ 8 ސެޕްޓެމްބަރ 2022، 12 ސަފަރު 1444 ކަމަށްވެސް އެމްއެމްއޭއިން ހާމަކުރެ އެވެ.

އެމްއެމްއޭ އިން ބުނީ މި ނޫޓް ދައުރުކުރުމަށް ނެރޭނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ