ހުޅުމާލެގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ޕްރިމިއަމް ވިލާގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފްއެވެ. އަދި ބެޗް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައީދެވެ.
އެޗްޑީސީއިން ތަރައްޤީ ކުރަން ނިންމާފައިވާ ޓުއަރިޒަމް އައިލެންޑް އާއި ދާދި ގާތުގައި ތިން ލައްކަ އަކަފޫޓުގެ ބިމެއްގައި ބިނާ ކުރެވޭ މި ޕްރިމިއަމް ރެސިޑެންޝަލް މަޝްރޫޢުގައި ރާއްޖެއަށް އަލަށް ބީޗް ފްރަންޓް ހޯމް، ޑުޕްލެކްސް ޓައުންހައުސް އަދި ޓައުންހައުސް ތައާރަފް ކުރެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. މިގޮތުން ކޮންމެ ޔުނިޓެއްގައި 2000 އަކަފޫޓު ހުންނާނެއެވެ.
އަދި މި އިމާރާތް ފަރުމާކުރާނީ 1200 އަކަފޫޓުގެ ޖާގަ، އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ލިބޭނެހެން ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.
މީގެ އިތުރުން، ސެމީ ގާރޑެޑް ސެކުއިރިޓީ، ޕްރައިވެޓް ނެއިބަރހުޑް، ރެސިޑެންޓް ބަގީޗާ، ގާރޑްރޫމް، ޕޮލިސް ޕޯސްޓް އަދި ކްލަބް ހައުސްގެ ޚިދުމަތްތައް މި ތަނުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާނެއެވެ. އަދި އެކްސްލޫސިވްކޮށް ޕޫލް، ޕޫލް ހައުސް، ވެލްނެސް ސެންޓަރ، ރިކްރިއޭޝަން ސެންޓަރ، މަލްޓި ޕަރޕޮސް އިވެންޓް ހޯލާއި ކޮމަރޝަލް ކޮމްޕްލެކްސްގެ ޚިދުމަތްވެސް މިތަނުގައި ދިރިއުޅޭ މީހުންނަށް ލިބިގެންދާނެއެވެ.
މި މަޝްރޫޢުއާއިއެކު ލަގްޒަރީ ލިވިންގް ތަޢާރަފް ވުމުގެ އިތުރުން 100 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. ރާއްޖެއަށް އިޤްތިސާދީ އަދި އިޖްތިމާއީ ގިނަ ފައިދާތަކެއްވެސް މި މަޝްރޫއުގެ ދަށުންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.