ވޯލްޑް ކަޕް ބަލަން ޔޫތު މިނިސްޓްރީން 100 ޕްރޮޖެކްޓަރ ދޫކުރަނީ

ކުޅިވަރު ފަހުގެ

“ފީފާ ވޯލްޑް ކަޕް 2022” ފުޓްބޯޅަ މުބާރާތް ބެލުމަށް 100 ޕްރޮޖެކްޓަރު ދޫކުރުމަށް ހަމަޖެހިފައިވާ ކަމުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓްރީން ވިދާޅުވެފައި ވަނީ ވޯލްޑް ކަޕް ބެލުމަށް ޕްރޮޖެކްޓަރ ދޫކުރުމަށް ހަމަޖެހިފައި ވަނީ މަދަނީ ޖަމިއްޔާތަކަށް ކަމާށައި، ނަމަވެސް “ޔޫރޯ 2020” ފުޓްބޯޅަ މުބާރާތް ބެލުމަށް، އެ މިނިސްޓްރިން ޕްރޮޖެކްޓަރ ދޫކުރި އެއްވެސް ޖަމިއްޔާއަކަށް މިފަހަރު ޕްރޮޖެކްޓަރ ދޫކުރުމަށް ހަމަޖެހިފައި ނުވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޕްރޮޖެކްޓަރ ބޭނުންވާ މަދަނީ ޖަމިއްޔާތަކުން އެ ޖަމިއްޔާގެ ރަސްމީ ލެޓަހެޑުގައި، ޕްރޮޖެކްޓަރ ބޭނުންވާކަން ސިޓީއަކުން މި މަހުގެ 16 ވަނަ ދުވަހުގެ 14:00 ގެ ކުރިން އަންގަވައި ދެއްވުމަށް އެ މިނިސްޓްރީން އެދިލައްވައެވެ. ސިޓީ އީމެއިލް ކުރެއްވާނީ bureau@youth.gov.mv އީމެއިލް އެޑްރެސްއަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ