ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިން ޝެފުންގެ އެވޯޑް، 36 ޝެފަކަށް

ޚަބަރު ފަހުގެ

ކަލްނަރީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އަގު ވަޒަންކޮށް ފުރަތަމަ ފަހަރަށް ރާއްޖޭގައި ދޭ “ސީޖީއެމް ޝެފް އެވޯޑް 2022” 36 ޝެފެއް ހާސިލްކޮށްފިއެވެ.

ޝެފް އެވޯޑްއަކީ، ކަލިނަރީ ފަންނުގައި ހިމެނޭ ޝެފުންގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރާ ޖަމުއިއްޔާ “ޝެފްސް ގިލްޑް މޯލްޑިވްސް”އިން ދޭން ފެށި އެވޯޑެކެވެ.

އިޝްތިހާރު
އިޝްތިހާރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ދޭން ފެށި ޝެފް އެވޯޑްގެ އެންމެ މުހިންމު ބޭނުމަކީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ޝެފުން ކުރަމުންދާ މަސައްކަތްތުގެ އަގު ވަޒަންކުރުމެވެ.

“ޝެފް އެވޯޑް 2022″ގައި، ކަލްނަރީގެ 8 ކެޓަގަރީއަކުން 36 ޝެފަކަށް ވަނީ އެވޯޑް ދީފައެވެ.

އެވޯޑް ޙާސިލްކުރެެއްވި ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ، ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމްދު ޞާލިޙު، އަދި އަނބިކަނބަލުން ފަޒްނާ އަޙުމަދުއެވެ.

މި އެވޯޑް ހަފްލާގެ އެންމެ ޝަރަފުވެރި އެއް އެވޯޑްކަމުގައިވާ، ޝެފް އޮފް ދަ އިޔަރގެ އެވޯޑް ލިބިފައިވަނީ އަހުމަދު މާޒިމްއަށެވެ.

މި ރަސްމިއްޔާތުގައި ކަލްނަރީ ފަންނު ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކާއި، އެކި ގޮތްގޮތުން އެހީތެރިވަމުންދާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ދީފައިވެއެވެ. އެ ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ޓުއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމްއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ