ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ހަނިމާދޫ ޕީޕީއެމް ޖަގަހާގެ ބޮޑު ސްކްރީނުގައި ދައްކަނީ

ހަނިމާދޫ ކުޅިވަރު ފަހުގެ

ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ހަނިމާދޫ ޕީޕީއެމް ޖަގަހައިގެ ބޮޑު ސްކްރީނުގައި އަޅުވާނެކަމަށް އެޕާޓީން ބުނެފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް، ޕީޕީއެމް ކޯލިޝަނުގެ ހަނިމާދޫ ދާއިރާގެ ރައީސް އިދުރީސް އަބުދުﷲ ވިދާޅުވީ ފީފާ ވޯލްޑް ކަޕް 2022 ގެ ހުރިހާ މެޗެއް އެ ޕާޓީ ޖަގަހަައިގައި އަޅުވާނެކަމަށެވެ. އަދި މެޗު ބަލާ ގަޑީގައި ފުރީ ވައިފައި އަދި ކޮފީ ލިބޭނެ އިންތިޒާމް ހަމަޖައްސަން މަސައްކަތް ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

“މީ ދުނިޔޭގެ ކުޅިވަރު އެންމެ ބޮޑު އީދު، މި އީދުގެ ފޯރީގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވަން” އިދުރީސް އަބުދުﷲ

ހަނިމާދޫގައި ބޮޑު ސްކުރީންގައި މެޗު ބެލޭގޮތަށް ތައްޔާރުކޮށްފައިވަނީ ހަމައެކަނި ޕީޕީއެމް ޖަގަހާގައިކަން ފާހަގަ ކޮށްލަންޖެހެއެވެ.

މިރޭ 21:00 ގައި ވޯލްޑްކަޕް ފަށާ މެޗުގައި ބައްދަލު ކުރާނީ ގަތަރާއި އިކުއެޑޯ އެވެ. މި މެޗު ކުޅޭނީ އަލް ބައިތު ސްޓޭޑިއަމްގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ