ފަހު ވަގުތުގެ ލަނޑުތަކުން ނެދަލެންޑްސް މޮޅުވެއްޖެ​

ކުޅިވަރު ފަހުގެ

ފީފާ ވޯލްޑް ކަޕްގައި ސެނެގޯލްއާއި ވާދަކުރި މެޗުގެ ފަހު ވަގުތުގައި ޖެހި ދެލަނޑުން ނެދަލެންޑްސް މޮޅުވެއްޖެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ސެނެގޯލްއިން ވަނީ ނެދަލެންޑްސްގެ ފަހަތުން ފެށިގެން އުފެއްދުމަށް މަސައްކަތް ކުރަމުން ދިޔަ އެޓޭކުތައް ވަރަށް ރަނގަޅަށް ހުއްޓުވާފައެވެ. އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާ ކުރުމުގައި ސެނެގޯލް ޓީމުގެ ތަރި މާނޭ ނެތުމުގެ އުނިކަން ފެނުނެވެ. ލަނޑު ޖެހުމަށް ދެޓީމަށްވެސް ލިބުނު ފުރުސަތުގެ ބޭނުން ފުރަތަމަ ހާފުގައި ނުހިފުނެވެ. ފުރަތަމަ ހާފުގައި ލަނޑު ޖެހުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ނެދަލެންޑްސްގެ ފްރެންކީ ޑިޔޯންގއަށެވެ. ނަމަވެސް ފުރުސަތުގެ ބޭނުން ނުހިފި ބޭކާރުވީއެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗު ނެދަލެންޑްސް ކާމިޔާބުކުރީ 2-0ންނެވެ. ނެދަލެންޑްސްގެ ފުރަތަމަ ލަނޑު ޖެހީ މެޗު ނިމެން ބާކީ ހަމިނެޓަށްވެފައި ވަނިކޮށް ކޯޑީ ގަކްޕޯއެވެ. މިއީ ފްރެންކީ ޑިޔޯންގ ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކޯޑީ ކާމިޔާބުކުރި ލަނޑެކެވެ. ނެދަލެންޑްސްގެ ދެވަނަ ލަނޑު އިތުރު ވަގުތުގައި ޖެހީ ޑޭވިޑް ކްލާސަންއެވެ. މިއީ ކައުންޓަ އެޓޭކުގައި މެމްފިސް ޑެޕާއީ ދިން ބޯޅައެއްގެ ބޭނުން ހިފައިގެން އޭނާ ޖެހި ލަނޑެކެވެ.

ސެނެގޯލްއިން ލަނޑެއް ޖެހުމަށް ކުރި މަސައްކަތުގެ ހުރަކަށްވީ ނެދަލެންޑްސް ޓީމުގެ ކީޕަރެވެ.

މުބާރާތުގައި ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މުބާރާތް ބާއްވާ ގަތަރާއި އިކުއެޑޯއެވެ. މި މެޗު 2-0ން ކާމިޔާބުކުރީ އިކުއެޑޯއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ