ހަލުވި ކަމާއެކު ހޭންޑް ފޫޓް އެންޑް މައުތު ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅުއަޅަން އެދެފި

ޚަބަރު ފަހުގެ

ހަލުވިކަމާއެކު ހޭންޑް ފޫޓް އެންޑް މައުތު ބަލި ފެތުރެމުންދާތީ ބަލީގެ އަލާމާތަތައް ދެނެގަނެ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެދެފިއެވެ.

އެޗްޕީއޭ އިން ބުނީ ހޭންޑް ފޫޓް އެންޑް މައުތު ބަލި ދަނީ ވަރަށް ހަލުވި ކަމާއެކު ފެތުރެމުން ކަމަށާއި ބަލީގެ އަލާމާތަތައް ދެނެގަނެ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ހޭންޑް ފުޓް އެންޑް މައުތް ބައްޔަކީ ވައިރަސްއަކުން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. ކޮންމެ މީހަކަށް ވެސް މި ބަލި ޖެހުމުގެ ފުރުސަތު އޮންނަ ނަމަވެސް އާންމުކޮށް ކުޑަކުދިން އެއްވެ އުޅޭ ތަންތަނުގައި މި ބަލި ފެތުރުން އިތުރުވެގެން ދިޔުމުގެ ފުރުސަތު އޮންނަ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައިސް ބޮލުގައި ރިއްސުމާއި، ކަރުތެރެ ފާރުވުމާއި، އަތްތިލަ އާއި ފައިތިލާގައި ރަތްކުލައިގެ ބިހިތަކެއް ނެގުމަށްފަހު ފެން ފޮޅަކަށް ބަދަލުވުން އަދި ކާހިތްނުވުން ހިމެނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ