މީގެފަހުން ބީއެމްއެލްއިން މުޢާމަލާތުކުރާނީ 50،000ރ އިން ދަށުގެ ޗެކުތައް

ޚަބަރު ފަހުގެ

ބޭންކް އޮފް މޯލްޑިވްސް އިން ހަމައެކަނި ޕްރޮސެސް ކުރާނީ 50000 ރުފިޔާ އާއި 3000 ޔޫއެސް ޑޮލަރާއި ހަމައަށް ދޫކޮށްފައިވާ ޗެކްތައް ކަމަށް އެބޭންކުން ހާމަކޮށްފިއެވެ.

އިލެކްޓްރޯނިކް ޕޭމަންޓް ޕްރޮމޯޓް ކުރުމާއި ރާއްޖޭގައި ޕޭމަންޓްގެ ޚިދުމަތް ފުޅާކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ސްޓްރެޓަޖީގެ ދަށުން އަންނަ އަހަރުގެ އޭޕްރީލް 1 އަކުން ފެށިގެން ބޭންކުތަކަށް ގަބޫލުކުރަންޖެހޭ ޗެކުގެ އެންމެ މަތީ އަދަދު ބީއެމްއެލް އިން ވަނީ ކަނޑައަޅާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ވިދާޅުވީ އެމްއެމްއޭގެ ސްޓްރެޓަޖީ އާއި އެއްގޮތަށް މީގެފަހުން އެބޭންކުން ޕްރޮސެސް ކުރާނީ 50،000 ރުފިޔާ އާއި 3،000 ޔޫއެސް ޑޮލަރާއި ހަމައަށް ދޫކޮށްފައިވާ ޗެކްތައް އެކަނިކަމަށެވެ. މި ޢަދަދަށްވުރެ މަތީގެ މުއާމަލާތްތައް ފުރިހަމަކުރެވޭނީ ބޭންކުގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ކަމަށް ބީއެމްއެލް އިން ވިދާޅުވިއެވެ.

މި ގޮތަށް އެންމެ މަތީ ޢަދަދު ކަނޑައެޅިފައިވާ ޗެކުތަކުގެ ތެރޭގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކުންފުނިތަކުން ދޫކުރާ ޗެކްތައް ހިމެނޭނެކަމަށްވެސް ބީއެމްއެލުން ވިދާޅުވިއެވެ.

ބީއެމްއެލުން ވަނީ ބޭންކިންގ ޚިދުމަތްތަކަށް ޑިޖިޓަލް ޗެނަލްތައް ބޭނުންކުރުމަށް ކަސްޓަމަރުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގއަށް ރަޖިސްޓަރ ކޮށްފައި ނުވާ އަމިއްލަ ފަރުދުންނަށް މިހާރު އޮންލައިންކޮށް ރަޖިސްޓަރ ކުރުވޭނެކަމަށެވެސް އެބޭންކުން ވިދާޅުވިއެވެ.

ބީއެމްއެލުން ވިދާޅުވީ އިންޓަރނެޓް އަދި މޯބައިލް ބޭންކިންގއަކީ ރައްކާތެރި ފަސޭހައިން ބޭނުންކުރެވޭނެ ހިދުމަތްތަކެއްކަމަށާއި، ދުނިޔޭގެ ކޮންމެ ތަނަކުންވެސް 24 ގަޑިއިރު އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ޚިދުމަތް ލިބޭނެކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ