ސާއްބަ އަހަރީ ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހދ.ހަނިމާދޫ ގައި ހަރަކާތްތެރިވާ ކުލަބެއް ކަމުގައިވާ ސާއްބަ އެކުވެރި ކްލަބްގެ ފަރާތުން އިންތިޒާމުކުރާ “ސާއްބަ އަހަރީ ކަޕް” ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ އެކުލަބުގެ ފަރާތުން ކޮންމެ ދެއަހަރަކުން އެއް އަހަރު ކުރިޔަށް ގެންދާ މުބާރާތެކެވެ.

އެ ކްލަބްގެ ފަރާތުން ނެރެފައިވާ އިއުލާންގައި ބުނެފައިވަނީ މިއަހަރުގެ ސާއްބަ އަހަރީ ކަޕްގައި ބައިވެރިވުމަށް ބޭނުންވާ ޓީމްތައް ޑިސެންބަރ 2 ވަނަ ދުވަހުގެ ކުރިން ނަން ނޯޓްކުރުމަށް އެކުލަބުން އެދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ނަން ނޯޓް ކުރެއްވުމަށް 9638967 ނުވަތަ 9381469 ނުވަތަ 9975513 އަށް ގުޅުއްވައިގެން ކުރިޔަށް ގެންދިއުމަށް ވެސް ވަނީ ބުނެފައެވެ.

މުބާރާތް ފަށަން ތާވަލުކޮށްފައިވަނީ ޑިސެންބަރ 15 ވަނަ ދުވަހުއެވެ.

ސާއްބަ އަހަރީ ކަޕް ބާއްވާފައިވަނީ 2009 ، 2011، 2013، 2015، 2018، 2020 ގައެވެ. ސާއްބަ އެކުވެރި ކްލަބް ވުޖޫދަށް އައިސްފައިވަނީ 2007 ޑިސެންބަރ 12 ވަނަ ދުވަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ