ސެނެގަލް އަތުން ބަލިވެ ޤަތަރަށް އަމިއްލަ ބާރު ކެނޑިޖެއް​

ކުޅިވަރު ފަހުގެ

​ފީފާ ވޯލްޑް ކަޕްގައި މުބާރާތް ބާއްވާ ޤައުމު ޤަތަރު ކުޅުނު ދެވަނަ މެޗުންވެސް ބަލިވުމުން މުބާރާތުގައި ކުރިއަށްދާން އޮތް ފުރުސަތު ވަރަށް ބޮޑަށް ހަނިވެއްޖެއެވެ.

ސެނެގާލް އާއި ޤަތަރު ބައްދަލުކުރި މެޗު ނިމުނީ 3-1ން ސެނެގާލް މޮޅު ވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ސެނެގާލްއަށް ލީޑު ނަގައިދިނީ ބޯލޭ ޑިއާއެވެ. ދެވަނަ ހާފު ފެށުނުތަނާ ސެނެގާލްއިން އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކުރިއެވެ. މިއީ ފަމާރާ ދީދޫ ޖަހައިދިން ލަނޑެކެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް ޤަތަރުން ވަނީ ނަތީޖާ އަނބުރާލުމަށް މަސައްކަތްކޮށް ލަނޑެއް ޖަހާފައެވެ. ޤަތަރުގެ ހަމައެކަނި ލަނޑު ޖަހައިދިނީ މުހައްމަދު މުންތާރީއެވެ. ޤަތަރަށް ނަތީޖާ ހަމަހަމަ ނުކުރެވިގެން އުޅެނިކޮށް ސެނެގާލްއިން އިތުރު ލަނޑެއް ޖެހިއެވެ. މެޗުގެ 84 ވަނަ މިނެޓުގައި އެލަނޑު ޖެހީ ބަމްބާ ޑިއެންގއެވެ.

މި މެޗަށް ނުކުތް އިރު ދެޓީމަށްވެސް ވަނީ މެޗުން މޮޅުވަން މަޖުބޫރުވެފައެވެ. އެއީ މުބާރާތުގައި މި ދެޓީމުވެސް ކުޅުނު ފުރަތަމަ މެޗުން ބަލިވެފައި ވުމުންނެވެ. ގްރޫޕް އޭގެ ފުރަތަމަ މެޗުގައި އިކުއެޑޯ އަތުން ޤަތަރު ބަލިވީ 2-0 ންނެވެ. ފުރަތަމަ މެޗުގައި ނެދަލެންޑްސް އަތުން ސެނެގާލްވެސް ބަލިވީ މި ނަތީޖާއިންނެވެ.

މިހާރު ޤަތަރަށް ދެވަނަ ބުރުގެ ކުޑަވެސް ފުރުސަތެއް އޮތީ ކުރިއަށް އޮތް ނެދަލެންޑްސް މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗުން މޮޅުވިއަސް ޤަތަރުގެ އަމިއްލަ ބާރެއް ނެތެވެ. ޤަތަރަށް އޮތް ހަމައެކަނި ގޮތަކީ ކުރިއަށް އޮތް ދެމެޗުން އިކުއެޑޯ މޮޅުވުމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ