ސައޫދީ އަތުން ޕޮލެންޑު މޮޅުވެ، ތާވަލްގެ އެއްވަނާގައި

ކުޅިވަރު ފަހުގެ

ފީފާ ވޯލްޑް ކަޕްގައި ސައޫދީ އަރަބިއްޔާ އާއި ބައްދަލުކުރި މެޗު ކާމިޔަބުކޮށް ގްރޫޕް ސީގެ އެއްވަނައަށް ޕޮލެންޑު ޖެހިލައިފިއެވެ.

އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޕޮލެންޑު ކާމިޔާބުކުރީ 2-0ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޓީމުގެ ތަރި ރޮބަޓް ލެވަންޑޯސްކީގެ އެހީތެރިކަމާއެކު ޕޮލެންޑަށް ގޯލްއެއް ޖަހައިދިނީ ޒިއެލިންސްކީއެވެ. ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަ ކުރުމަށް ސައޫދީއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް އަލް ދައުސާރީ ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވީއެވެ.

އިޝްތިހާރު
އިޝްތިހާރު

ޕޮލެންޑަށް ލީޑު ފުޅާކޮށްދިނީ ޓީމުގެ ތަރި އަދި ކެޕްޓަން ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ ވޯލްޑް ކަޕްގައި ލެވަންޑޯސްކީ ޖެހި ފުރަތަމަ ލަނޑެވެ. މީގެ ކުރިން އޮތް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް ލެވަންޑޯސްކީ ކުޅުނެވެ.

މެޗުން މޮޅުވެގެން ލިބުނު ތިންޕޮއިންޓާއެކު ޖުމްލަ ހަތަރު ޕޮއިންޓު ހޯދައިގެން ޕޮލެންޑް އޮތީ ގްރޫޕްގެ އެއްވަނަ މަގާމުގައެވެ. މެޗުން ބަލިވި ސައޫދީ ދެވަނައިގައި އޮތީ ތިން ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް މެކްސިކޯއަށް އެއް ޕޮއިންޓު ލިބޭއިރު ގްރޫޕްގެ ފުލުގައި އާޖެންޓީނާ އޮތީ ޕޮއިންޓެއް ނުލިބިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ