އެމްބާޕޭގެ ދެ ލަނޑާއެކު، ފުރާންސް ދެވަނަބުރަށް

ކުޅިވަރު ފަހުގެ

ފީފާ ވޯލްޑް ކަޕްގައި ޑެންމާކާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ހޯދި ފުރަތަމަ ޓީމަކަށް ފްރާންސް ވެއްޖެއެވެ.

ސްޓޭޑިއަމް 974 ގައި ކުޅުނު ގްރޫޕް ޑީގެ މި މެޗު ފްރާންސުން ކާމިޔާބުކުރީ 2-1ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ފްރާންސްގެ ދެލަނޑުވެސް ދެވަނަ ހާފުގައި ޖަހައިދިނީ ކޭލިއަން އެމްބާޕޭއެވެ. ފުރަތަމަ ލަނޑަކީ 61 ވަނަ މިނެޓުގައި ތިއޯ ހެނާންޑޭޒް ދިން ކަޓް ޕާހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެމްބާޕޭ ޖެހި ލަނޑެކެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް ޑެންމާކުން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 68 މިނެޓުގައި ޑެންމާކަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަންދްރޭސް ކްރިސްޓެންސަންއެވެ. ނަމަވެސް ގްރީޒްމަން ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެމްބާޕޭ ދެވަނަ ފަހަރަށް ފްރާންސަށް ލީޑު ނަގައިދިނެވެ. އޭގެ ފަހުން ހެޓްރިކް ހެދުމަށްވެސް އެމްބާޕޭއަށް ފުރުސަތު ލިބުނެވެ. ނަމަވެސް އެމްބާޕޭ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޑެންމާކުގެ ކީޕަރު ޝްމައިކަލްއެވެ.

މި ނަތީޖާއާއެކު ފްރާންސް ވަނީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ގްރޫޕް ޑީގެ އެއްވަނައިގައި ފްރާންސް އޮތީ ހަ ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި އޮތް އޮސްޓްރޭލިއާއަށް ތިން ޕޮއިންޓު ލިބޭއިރު، ތިންވަނައިގައި އޮތް ޑެންމާކާއި ފުލުގައި އޮތް ޓިއުނީޝިޔާއަށް ލިބެނީ އެންމެ ޕޮއިންޓެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ