މެކްސިކޯ ބަލިކޮއް އާޖެންޓީނާގެ އަމިއްލަބާރު އެޓީމަށްލިބިއްޖެ

ކުޅިވަރު ފަހުގެ

ފީފާ ވޯލްޑް ކަޕްގައި މެކްސިކޯ ބަލިކޮއް އާޖެންޓީނާގެ އަމިއްލަބާރު އެޓީމަށްލިބިއްޖެއެވެ.

ފުރަތަމަ މެޗުގައި ބަލިވި ނަމަވެސް އާޖެންޓީނާ ވަނީ ދެވަނަ މެޗުގައި މެކްސިކޯގެ މައްޗަށް ކުރި ހޯދާފައެވެ. އާޖެންޓީނާ މޮޅުވީ 2-0ންނެވެ. މެޗުގެ ދެލަނޑުވެސް އާޖެންޓިނާއިން ޖެހީ ދެވަނަ ހާފުގައެވެ. ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ފެނުނީ މެކްސިކޯގެ ފަރާތުންނެވެ. އެޓީމުން މަސައްކަތްކުރީ ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފެހެއްޓުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އާޖެންޓީނާއަށް ލީޑު ނަގައިދިނީ ޓީމުގެ ތަރި ލިއޮނެލް މެސީއެވެ. މިއީ ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން މެސީ ކާމިޔާބުކުރި ލަނޑެކެވެ. މެސީ ދިން ބޯޅައެއް ޑްރިބްލް ކޮށްލުމަށްފަހު ގޯލަށް ފޮނުވާލައިގެން އާޖެންޓީނާއަށް ލީޑު ފުޅާކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެންޒޯ ފެނާންޑޭޒްއެވެ.

މި މެޗާއި ކުރިމަތިލިއިރު އާޖެންޓީނާއަށް އޮތީ މުބާރާތުގައި އިތުރަށް ކުރިއަށްދާން ބޭނުންނަމަ މެޗު ކާމިޔާބުކުރުން ވަރަށް މުހިންމުވެފައެވެ. މެޗުން މޮޅުވެގެން ލިބުނު ތިން ޕޮއިންޓާއެކު އާޖެންޓީނާ އޮތީ ގްރޫޕް ސީގެ ދެވަނަ މަގާމުގައެވެ. އެއްވަނާގައި ހަތަރު ޕޮއިންޓާއެކު އޮތީ ޕޮލެންޑެވެ. އާޖެންޓީނާ އަތުން ފުރަތަމަ މެޗުގައި މޮޅުވުމުން ލިބުނު ތިން ޕޮއިންޓާއެކު ތިންވަނާގައި ސައުދީ އޮތްއިރު ޕޮއިންޓަކާއެކު ތާވަލުގެ ފުލުގައި އޮތީ މެޗުން ބަލިވި މެކްސިކޯއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ