ކެނަޑާ ބަލިކޮށް ކްރޮއޭޝިޔާއިން އެއްވަނައަށް ޖެހިލައިފި

ކުޅިވަރު ފަހުގެ

ފީފާ ވޯލްޑް ކަޕްގައި ކެނަޑާ ބަލިކޮށް ކްރޮއޭޝިޔާއިން ގްރޫޕް އެފްގެ އެއްވަނައަށް ޖެހިލައިފިއެވެ.

ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކްރޮއޭޝިޔާއިން ކާމިޔާބުކުރީ ކެނަޑާއިން ލަނޑެއް ޖަހާފައިވަނިކޮށެވެ. ކްރޮއޭޝިޔާ މޮޅުވީ 3-1ންނެވެ. ކެނަޑާއިން ވަނީ މެޗުގެ ދެވަނަ މިނެޓުގައި ލަނޑުޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އަލްފަންސޯ ޑޭވިސްއެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ކްރޮއޭޝިޔާއިން ވަނީ ދެލަނޑު ޖަހާ ނަތީޖާ އަނބުރާލާފައެވެ. އަންދްރޭ ކްރަމަރިޗްގެ ލަނޑެއް ޖަހާ ކްރޮއޭޝިޔާއަށް ނަތީޖާ ހަމަހަމަ ކޮށްދިންއިރު އެޓީމަށް ލީޑު ނަގައިދިނީ މާކޯ ލިވާޔާއެވެ. ކްރޮއޭޝިޔާގެ ތިންވަނަ ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ ފުރަތަމަ ލަނޑު ޖެހި ކްރަމަރިޗްއެވެ. މެޗުގެ ފަހު ވަގުތުގައި އޯސިޗްގެ އެހީތެރިކަމާއެކު ފަހު ލަނޑު ޖެހީ މަޔާއެވެ.

ގްރޫޕް ތާވަލުގެ އެއްވަނައިގައި ކްރޮއޭޝިޔާ އޮތީ ދެމެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ފައިދާ ގޯލުންނެވެ. ދެވަނައިގައި އޮތް މޮރޯކޯއަށްވެސް ލިބެނީ ދެމެޗުން ހަތަރު ޕޮއިންޓެވެ. ތިންވަނައިގައި ތިން ޕޮއިންޓާއެކު ބެލްޖިއަމް އޮތްއިރު ފުލުގައި އޮތް ކެނެޑާއަށް ޕޮއިންޓެއް ނުލިބެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ