އަންނަ އަހަރަށް 42.8 ބިލިއަން ރުފިޔާގެ ބަޖެއްޓެއް ފާސް ކޮށްފި

ޚަބަރު ފަހުގެ

2023 ވަނަ އަހަރަށް 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ފާސްކުރަން ފެންނަ ކަމަށް 61 މެންބަރުން ވޯޓު ދެއްވިއިރު، ބަޖެޓު ފާސްކުރުމާއި ދެކޮޅަށް އަށް މެންބަރުން ވޯޓު ދެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފިނޭން މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ. އެ ދުވަހު ހުށަހެޅީ  42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާއި، އިގްތިސާދީ ކޮމެޓީ ހިމެނޭގޮތަށް އެކުލަވާލާފައިވާ ބަޖެޓް ކޮމެޓީން އެ ބަޖެޓް ދިރާސާކުރުމަށްފަހު ބަޖެޓް ފާސްކޮށްފައި ވަނީ، ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ހުށަހެޅުނު އިސްލާހުތަކާއެކު އިތުރު 160.5 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނުމަށްފަހުއެވެ.


މިއަދު މަޖިލީހުން ފާސްކުރީ ބަޖެޓް ކޮމެޓީން ނިންމިގޮތަށް ޖުމްލަ 42.8 ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރަނީ 32.1 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 23.5 ބިލިއަން ރުފިޔާއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއާއެކު ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓަކީ 5 ބިލިއަން ރުފިޔާއެވެ.
އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުންކަމަށް ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ. މިގޮތުން ޒަމާނުއްސުރެ ހައްލުނުވެ ހުރި އަސާސީ އެތައް މައްސަލައެއް ހައްލުކުރުމަށް ބަޖެޓުގައި އިސްކަންދެއްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުންކަމަށާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ އިންގިލާބީ ބަދަލުތަކެއް އަންނަކަމުގެ އިހުސާސް ރައްޔިތުންނާ ގާތްކޮށްދިނުންކަމަށް ބަޖެޓުގައި ޚާއްސަ އިސްކަމެއް ވަނީ ދީފައެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ 2023 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު ކޯވިޑް-19ގެ ކުރީގެ އިޤްތިސާދުގެ ލެވެލް ފަހަނައަޅައިދާއިރު، ދައުލަތުގެ އާމްދަނީވެސް ބޮޑުވެގެންދާނެކަމަށެވެ. އެގޮތުން އަންނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 32.1 ބިލިއަން ރުފިޔާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ